މައްސަލައެއް ލަސްވާކަމުގެ ޝަކުވާ ހުށަހަޅައިފިނަމަ އެކަން ބަލައި ފިޔަވަޅު އެޅުމަށް ސުޕްރީމް ކޯޓުން ނިންމައިފި

ޝަރުއީ އެއްވެސް ކޯޓަކަށް ހުށަހެޅޭ މައްސަލައެއް ލަސްވާ ކަމުގެ ޝަކުވާ ހުށަހަޅަފައިފިނަމަ އެ މައްސަލައެއް ލަސްވާ ސަބަބު ބަލައި އެކަމާއިމެދު ފިޔަވޅު އަޅަން ސުޕްރީމް ކޯޓުން ނިންމައިފި އެވެ.
ސުޕްރީމް ކޯޓުން މިގޮތަށް ނިންމާފައިވާކަން ހާމަކޮށްފައިވަނީ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ސޮއި ކުރައްވާ އިއްޔެ ނެރެނު ސާކިއުލާއެއްގަ އެވެ.
އެ ސާކިއުލާގައި ބުނެފައިވަނީ ރާއްޖޭގެ ޝަރުއީ ކޯޓަކަށް މައްސަލަ ހުށަހެޅުމަށްފަހު އެ މައްސަލައެއް ބެލުން ދިގުލައިގެން ދާ ކަމަށް ފެނިއްޖެ ހިނދަކު ދައުވާ ކުރާ ފަރާތުން ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހަޅައިފި ނަމަ އެ މައްސަލައެއް ކޯޓުން ބަލާނެ ކަމަށާއި އެ މައްސަލަ ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ބެލުމަށްފަހު އެކަމާއި ދޭތެރޭ ފިޔަވަޅު އަޅަން ޖެހިއްޖެ ނަމަ ފިޔަވަޅު އަޅާނެ ކަމަށެވެ.
އަޅާނެ ފިޔަވަޅުތައް އެ ސާކިއުލާގައި ހިމަނާފައިވާއިރު އެ ފިޔަވަޅު ތަކުގެ ތެރޭގައި، މައްސަލަ ބަލާ ފަނޑިޔާރު ބަދަލު ކުރުމާއި ސުޕްރީމް ކޯޓުން ކަނޑައަޅާ ޝަރުއީ ވަފުދަކާ އެ މައްސަލަ ބެލުން ހަވާލު ކުރުމާއި މަގްބޫލު ސަބަބެއް ނެތި މައްސަލަ ލަސް ކޮށްފައިވާކަމަށް ފެނިއްޖެ ނަމަ އެކަމަކާމެދު ގަވައިދުގެ ދަށް އަޅަންޖެހޭ ފިޔަވަޅު އެޅުން ހިމެނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ