ރައްޔިތުންގެ މަޖްލިސް އުވާލުމުގެ ބާރު ރައީސް އަށް ލިބިގެންވާ ކަމަށް ސުޕްރީމް ކޯޓުން ހާމަކޮށްފިއެވެ.
ސުޕްރީމް ކޯޓުން މިހެން ބުނެފައިވަނީ މިއަދު އެންޓި ޑިފެކްޝަން ޤާނޫން ބާޠިލް ކުރަން ނުޖެހޭ ކަމަށް ކުރި ހުކުމް ގައެވެ.
އެ ޙުކުމްގައި ބުނެފައިވަނީ ރައްޔިތުން މަޖިލީހުގެ މެންބަރުން ޕާޓީ ބަދަލު ކޮށްފިނަމަ ގޮނޑި ގެއްލޭނެ ކަމަށް ކަނޑައަޅާފައިވާ ޤާނޫނު ބާތިލް ކުރާނެ ޤާނޫނީ ހަމައެއް ނެތް ކަމަށާއި، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ގާނޫނީ ޒިންމާ އަދާނުކުރާނަމަ ރައްޔިތުންގެ މަޖިލިސް އުވާލުމުގެ ބާރު ގާނޫނު އަސާސީ އިން ރައީސުލްޖުމްހޫރިއްޔާ އަށް ލިބިވަޑައިގަންވާ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުން ފާސްކޮށް،13 މާރިޗު 2018 ގައި ފާސްކޮށް، ރައީސުލްޖުމްހޫރިއްޔާ ތަސްދީޤު ކުރައްވާފައިވާ "އެންޓި ޑިފެކްޝަން ޤާނޫނު" ގެ ދެވަނަ ބާބުގައި ބަޔާންކޮށްފައިވާ ގޮތުންނަމަ، 2018 ޖުލައި 13 ވަނަ ދުވަހުން ފެށިގެން މަޖިލީހުގެ މެމްބަރަކު، ޕާޓީގެ ޓިކެޓުގައި އިންތިހާބުވުމަށް ފަހު، ޕާޓީން އަމިއްލަ އަށް ވަކިވުން، ވަކިކުރުން އަދި އެހެން ޕާޓީއަކާ ގުޅިއްޖެ ނަމަ، އެކަން އިލެކްޝަންސް ކޮމިޝަނުން ރައްޔިތުންގެ މަޖިލީހަށް އަންގާ ހިސާބުން އެ މެންބަރެއްގެ ގޮނޑި ގެއްލޭނެ ކަމަށެވެ. މި ޤާނޫނާއެކު ރައްޔިތުންގެ މަޖިލީހުގެ 12 މެންބަރެއްގެ ގޮނޑި ގެއްލޭނެއެވެ.
ގޮނޑި ގެއްލުނު ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ކަނޑައެޅި 12 މެމްބަރުންނަކީ ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިނާއި އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ އާއި ދިއްދޫ ދާއިރާގެ އަބްދުއްލަތީފާއި ހަނިމާދޫ ދާއިރާގެ ހުސައިން ޝަހުދީ އާއި މަޑުއްވަރީ ދާއިރާގެ މުހައްމަދު އަމީތާއި ތުލުސްދޫ ދާއިރާގެ މުހައްމަދު ވަހީދު އިބްރާހީމާއި ދަގެނތީ ދާއިރާގެ އިލްހާމް އަހްމަދާއި ތިމަރަފުށީ ދާއިރާގެ މުހައްމަދު މުސްތަފާ އާއި ތިނަދޫ އުތުރު ދާއިރާގެ ސައުދުﷲ ހިލްމީ އާއި ތިނަދޫ ދެކުނު ދާއިރާގެ އަބްދުﷲ އަހުމަދާއި އަދި މައްޗަންގޮޅީ ދެކުނު ދާއިރާގެ އަބްދުﷲ ސިނާނާއި ފުވައްމުލަކު އުތުރު ދާއިރާގެ އަލީ ޝާހު އެވެ.
ރައްޔިތުންގެ މަޖްލިސް އުވާލުމުގެ ބާރު ރައީސް އަށް ލިބިގެންވޭ – ސުޕްރީމް ކޯޓު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ