މާލޭ ހުޅަނގުފަރާތު މޫދު ސާފުކޮށް ކުނިފުންޏެއް ނަގައިފި

ޑައިވް ޑެސްކާއި މާލޭ ސިޓީ ކައުންސިލް އަދި ވެމްކޯ އާއި ޕާލޭ މޯލްޑިވްސް ގުޅިގެން މާލޭ ހުޅަނގުފަރާތު މޫދު ސާފުކުރުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފި އެވެ. މިއަދު ހެނދުނުން ފެށިގެން މެންދުރު ފަހަށް ކުރިއަށް ގެންދިޔަ މި ހަރަކާތުގައި ގިނަ އަދަދެއްގެ ޑައިވަރުން ބައިވެރިވި އެވެ. ރަސްފަންނު ސަރަހައްދު ފަޅުތެރެ ސާފުކުރުމަށް ހިންގި ހަރަކާތުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ މޫސު ސާފުކުރުމުގެ ޕްރޮގްރާމުގައި އެ ސަރަހައްދުގެ މޫދުން ގިނަ އަދަދެއްގެ ފުޅި އާއި ދަޅު އަދި ދަގަނޑު ފަދަ އެއްޗެހި ވަނީ ނަގައިފަ އެވެ. ޑައިވް ޑެސްކުން ބުނީ މޫދަށް ކުނި ނޭޅުމަށް މީހުން ހޭލުންތެރި ކުރަންޖެހޭ ކަމަށާއި މޫދަށް ކުނި އެޅުމަކީ ތިމާވެއްޓަށް ގެއްލުންވާނެ މޫދާއި ކަނޑުގެ ދިރުންތަކަށް އޭގެ އަސަރުކޮށް އިގްތިސޯދަށްވެސް އަސަރު ކުރާނެ ކަމެއް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ