އިސްތިއުނާފަށް ހުށަހެޅުމުން އަލީ ވަހީދުގެ ޕާސްޕޯޓް މައްސަލަ ހައި ކޯޓުން ބޭރުކޮށްލައިފި
ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޕާސްޕޯޓު ދޫކޮށްލަން ކުރިމިނަލް ކޯޓުން ނިންމި ނިންމުން ހައި ކޯޓުގައި އިސްތިއުނާފު ކުރަން ދައުލަތުން ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަންނަކަމަށް އެ ކޯޓުން ބުނެފިއެވެ.ހައި ކޯޓުން ބުނީ ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން އިސްތިއުނާފްކުރި މައްސަލަ ބޭރުކޮށްލީ އަމުރު ދޫކުރިކަމަށް މައުލޫމާތު ލިބުނު ވަގުތަށްވުރެ 48 ގަޑިއިރު ފަހުން ހުށަހެޅުމުން ކަމަށެވެ. އަދި ހައި ކޯޓުގެ ރަޖިސްޓްރާގެ ނިންމުން 7 ދުވަސް ތެރޭގައި އިސްތިއުނާފްކުރުމުގެ ފުރުސަތު އޮންނާނެކަމަށް ކޯޓުން ބުންޏެވެ. އަލީ ވަޙީދު ފުރާފައިވާއިރު، ޕާސްޕޯޓު ދޫކޮށްލުމަށް އަމުރު ނެރުނު އަޑުއެހުން ބާއްވާފައިވަނީ 9 ފެބްރުއަރީގައެވެ. އެހެންނަމަވެސް، އަމުރު ނެރުނު ތާރިޚެއްކަމަށް ޕީޖީ އޮފީހަށް ލިބުނު ލިއެކިއުންތަކުގައި އޮތީ 10 ފެބްރުއަރީއެވެ. އަދި އަލީ ވަޙީދުގެ ޕާސްޕޯޓު ދޫކޮށްލުމުގެ އަމުރު ޕީޖީ އޮފީހަށް ލިބިފައިވަނީ 11 ފެބްރުއަރީގައިކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެފައިވެއެވެ.ޕީޖީ އޮފީހުން ހައިކޯޓުގެ ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރައްވާނެ ކަމަށް ބެލެވެ އެވެ.އަލީ ވަހީދުގެ މައްޗަށް އުފުލާފައިވާ ދައުވާތައްޖިންސީ އަނިޔާ ކުރުމުގެ ކުށުގެ ދައުވާރޭޕް ކުރަން އުޅުމުގެ ކުށުގެ ދައުވާބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަ ކުރުމުގެ ކުށުގެ ދައުވާޖިންސީ ގޯނާ ކުރުމުގެ ކުށުގެ ދައުވާޖިންސީ ގޯނާ ކުރަން އުޅުމުގެ ކުށުގެ ދައުވާހުއްދަ ނޫން ޖިންސީ މުއާމަލާތެއް ހިންގުމަށް އެދުމުގެ ދެ ދައުވާއަލީ ވަހީދުގެ މައިބަދައިގެ އޮޕަރޭޝަނެއް ކުރަން ޖެހިފައިވާ ކަމަށް ކޯޓަށް ލިއުން ހުށަހެޅުމުން އޭނާގެ ރާއްޖޭން ބޭރަށް ވަޑައިގަތުމަށް ޕާސްޕޯޓް ދޫކުރީ އެކުވެރިޔާ، ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްއަދު އަލީ ޖާމިނުކޮށްފަ އެވެ.އަލީގެ މައްސަލަ ބެއްލެވީ ކްރިމިނަލް ކޯޓުގެ ފަނޑިޔާރު ހަސަން ސައީދެވެ. ކުރިން ފެމެލީ ކޯޓުގައި ހުންނެވި ސައީދު ކްރިމިނަލް ކޯޓަށް ބަދަލުކުރެއްވީ މީގެ ކުރިން ޖޭއެސްސީން ބެލި މައްސަލަ އެއް ސާބިތުވެގެންނެެވެ. އެއީ ޖިންސީ ގޯނާގެ މައްސަލަ އެއް އޮއްބާލަން އުޅުނު ކަމަށް ބުނާ މައްސަލައެކެވެ. އަލީ ވަހީދުގެ މައްޗަށް ކުރީ ޖިންސީ އަނިޔާ ކުރުމުގެ ދައުވާ އާއި ޖިންސީ ގޯނާ ކުރުމުގެ ދައުވާ އާއި ޖިންސީ ގޯނާކުރަން އުޅުމުގެ ދައުވާ އާއި ރޭޕް ކުރަން އުޅުމުގެ ދައުވާ އާއި ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަކުރުމުގެ ދައުވާ އާއި ހުއްދަ ނޫން ޖިންސީ މުއާމަލާތެއް ހިންގުމަށް އެދުމުގެ ދެ ދައުވާ އެވެ.އޭނާ ވަނީ އެ ހުރިހާ ދައުވާތަކަށް އިންކާރުކޮށްފަ އެވެ.އަލީ ވަހީދު މަގާމުން ވަކި ކުރީވެސް ޖިންސީ ގޯނާގެ މައްސަލައާ ގުޅިގެންނެވެ. އޭނާ މަގާމުން ވަކިކުރީ، އިސްތިއުފާ ދެއްވުމަށް އެންގުމަށްފަހު މަގާމުން އިސްތިއުފާ ނުދިނުމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ