ރިޔާސީ އިންތިހާބުގައި ޕީޕީއެމްގެ ފަރާތުން ވާދަ ކުރާނެ ކެންޑިޑޭޓަކު ހޮވުމަށް ބާއްވާ ޕްރައިމަރީގައި ވާދަ ކުރުމުގެ ޝައުގުވެރިކަން އެބަހުރި ކަމަށް ޕީޕީއެމްގެ ނައިބު ލީޑަރު އިލްހާމު އަހުމަދު ވިދާޅުވެއްޖެއެވެ.
އިލްހާމު ވިދާޅުވީ ޕީޕީއެމްގެ ޕްރައިމަރީގައި ވާދަ ކުރުމަށް ވިސްނަމުން ދިޔަ ނަމަވެސް އަދި ވަކި ގޮތެއް ނިންމާފައި ނުވާނެ ކަމަށެވެ. އިލްހާމު ވިދާޅުވީ އޭނާ ކުރިމަތިލާން އުޅޭ ކަމުގެ އަޑުތައް ފެތުރުމާއި ގުޅިގެން ގިނަ އަދަދެއްގެ ބަޔަކު ގުޅާ އެކަމަށް އެދެމުންދާ ކަމަށެވެ.
ނަމަވެސް އިތުރު ތަފްސީލެއް އިލްހާމު ނުދެއްވައެވެ. ރިޔާސީ ޕްރިމަރީގައި ވާދަ ކުރެއްވުމުގެ ޝައުގުވެރިކަން ފާޅު ކުރައްވާފައިވާ އިރު އަބުދުﷲ ޔާމީނާއި އުމަރު ނަސީރުވަނީ ޕްރައިމަރީއަށް ކެމްޕޭން ވެސް ފައްޓަވާފައެވެ.
އެދެބޭފުޅުންގެ އިތުރުން ރައީސް މައުމޫނު އަބުދުލް ގައްޔޫމާއި އިލްޔާސް އިބުރާހީމު ވެސް ވާދަ ކުރައްވާނެ ކަމުގެ އަޑުތައްވަނީ ފެތުރިފައެވެ. ނަމަވެސް އެދެބޭފުޅުން އަދި ރަސްމީކޮށް އެފަދަ ނިންމުމެއް ނިންމާފައެއް ނުވެއެވެ.
ޕީޕީއެމްގެ ރިޔާސީ ޕްރިމަރީގައި ވާދަ ކުރުމުގެ ޝައުގުވެރިކަން އިލްހާމު ފާޅު ކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ