މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ފިޔޯރީ ކައުންސިލްގެ ނައިބް ރައީސް ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ގދ.ފިޔޯރީ ކައުންސިލްގެ ނައިބް ރައީސް އަހުޒަރު އަހުމަދާއި އިތުރު ދެމީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން މައުލޫމާތުދޭ ގޮތުގައި ގދ.ފިޔޯރީ ކައުންސިލްގެ ނައިބް ރައީސްގެ އިތުރުން ދެން ހައްޔަރުކޮށްފައިވަނީ އެރަށަށް އައި ބޯޓަކުން މަސްތުވާތަކެތި ގެންދިޔަ އުމުރުން 18 އަހަރުގެ ޒުވާނެކެވެ.
ފުލުހުން އޭނާ ހައްޔަރުކޮށްފައިވަނީ އިންޓެލިޖެންސަށް ލިބުނު މައުލޫމާތުގެ އަލީގައެވެ. އަދި އޭނާ ފާސް ކުރި ކުރުމުން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ބްލެޓް ސައިޒުގެ 15 ޕެކެޓްވަނީ ފެނިފައެވެ.
މަސްތުވާތަކެތީގެ މައްސަލައަކައި ގުޅިގެން އިތުރު މީހަކު ހައްޔަރުކޮށްފައިވަނީ މިމަހުގެ ދެވަނަ ދުވަހު ގދ.ރަތަފަންދުއިންނެވެ. މީނާ ހައްޔަރުކޮށްފައި ވަނީ ރަތަފަންދުއަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމުގެ މަޢުލޫމާތު ޕޮލިސް އިންޓެލިޖެންސަށް ލިބުމާއި ގުޅިގެން ތިނަދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައެވެ.
މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ދެ ސެލޯފިންކޮޅު ފެނިފައިވަނީ ފުލުހުން ފެނުމާއިއެކު މީނާ މޫދަށް އެއްލާލި ރަބަރު ކޮތަޅެއްގެ ތެރެއިންނެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާއަކީ ދެވަނަ ފުރުސަތުގެ މީހެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ