ސްރީ ލަންކާގެ އާންމު ރައްޔިތުން ހިމާޔަތް ކުރުމުގައި އދ އިން ފެއިލް ވެފައިވާކަމަށް އެއްބަސްވެއްޖެއެވެ.
އދ އިން ލަންކާ އާންމު ރައްޔިތުން ހިމާޔަތް ކުރުމުގައި ފެއިލް ވެފައި ވާކަމަށް އެއްބަސްވެފައި ވަނީ ލީކުވެފައިވާ އދގެ ރިޕޯޓަކުންނެވެ. މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި މި މައްސަލާގައި މިހާތަނަށް އދ އިން ކުރި ހުރިހާ ކަމެއް ފެއިލް ވެފައި ވުމުން ސެކްޓްރީ ޖެނަރަލް ބަންކީ މޫންއަށް މިކަމުގައި އިތުރަށް ކުރިއަށް ވަޑައިގަންނަވާނެ ގޮތާއި ބެހޭގޮތުން ލަފާދެއްވުމަށް އދގެ އިސް އޮފިޝަލުންގެ ޕެނަލްއެއްވެސް މިހާރު ވަނީ އެކުލަވާ ލާފައެވެ.
ތަމަޅަ ޓައިގަރުންނާއި ދެކޮޅަށް ލަންކާ ސަރުކާރުން ކުރި ޒަމާންވީ ދާހިލީ ހަނގުރާމައިގެ ފަހު ދުވަސްކޮޅު ޓައިގަރުންނާއި ލަންކާ ސިފައިން އިންސާނިއްޔަތާ ހިލާފު އަމަލުތައް ހިންގާފައި ވާކަމަށާއި މިކަމުގައި ޒިންމާވާ ފަރާތްތަކާއި މެދު ފިޔަވަޅު އެޅުމަށް މީގެ ކުރިން ތަކުރާރުކޮށް އދ އިން ވަނީ ލަންކާގެ ސަރުކާރަށް ގޮވާލާފައެވެ. ނަމަވެސް ލަންކާ ސަރުކާރުންވަނީ އދގެ ރިޕޯޓްތައް ދޮގުކޮށް، ލާއިންސާނީ އަމަލުތައް އެ ގައުމުގެ ސިފައިން ހިންގާފައި ނުވާކަމަށް ބުނެފައެވެ.
ތަމަޅައިންގެ ވަކި ދައުލަތެއް ގާއިމް ކުރުމަށް ކަމަށްބުނެ ލަންކާ ސަރުކާރާއި ދެކޮޅަށް ތަމަޅަ ޓައިގަރުން ކުރި ދުވަސްވީ ދާހިލީ ހަނގުރާމަ ލަންކާ ސިފައިން ކާމިޔާބު ކޮށްފައިވަނީ 2009 ވަނަ އަހަރުގެ މެއި މަހުއެވެ.
ލަންކާ ރައްޔިތުން ހިމާޔަތް ކުރުމުގައި އދ އިން ފެއިލް ވެފައިވާކަމަށް އެއްބަސްވެއްޖެ!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ