ބައި އިލެކްޝަންތަކުން ޕީޕީއެމް ފިލާވަޅު ލިބިގަންނަންޖެހޭ: މައުމޫން

އައްޑޫ ސިޓީ ކައުންސިލްގެ ފޭދޫ ދާއިރާ އާއި މ. ކޮޅުފުށީ ކައުންސިލަށް މެންބަރުން އިންތިހާބުކުރުމަށް ބޭއްވި ބައި އިލެކްޝަންގެ ނަތީޖާ އިން ޕީޕީއެމް ފިލާވަޅު ލިިގަންނަންޖެހޭ ކަމަށް އެ ޕާޓީގެ ރައީސް އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ބޭއްވ މ. ކޮޅުފުށީ ކައުންސިލްގެ ބައި އިލެކްޝަން އިދިކޮޅު އެމްޑީޕީން ކާމިޔާުބުކޮށްފައި ވަނިކޮށް މިރޭ ކުރެއްވި ޓްވީޓެއްގަ އެވެ. އެ ޓްވީޓްގައި އެ މަނިކުފާނު ވިދާޅުވީ އެ ދެ އިންތިހާބުން ޕީޕީއެމް ފިލާވަޅު ލިބިގަންނަންޖެހޭ ކަމަށާއި އިރާދަކުރެއްވިއްޔާ ފިލާވަޅު ލިބިގަންނާނެ ކަމަށެވެ. މިއަދު ބޭއްވި ކޮޅުފުށީ ކައުންސިލްގެ ބައި އިލެކްޝަންގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން އިންތިޚާބު ކާމިޔާބުކުރި އެމްޑީޕީގެ ހުސެއިން ޝާމިލް އަށް 354 ވޯޓު ލިބިފައިވާ އިރު ޕީޕީއެމްގެ ކެންޑިޑޭޓް މުހައްމަދު ނަސީރަށް ލިބިފައި ވަނީ 335 ވޯޓެވެ. މީގެ ދުވަސްކޮޅެއް ކުރިން، ރައީސް ޔާމީނާއި ސަރުކާރުގެ އިސް ބައެއް ވެރިން ވަޑައިގެން ކެމްޕޭންކުރެއްވުމަށް ފަހު، ބޭއްވި އައްޑޫ ސިޓީ ކައުންސިލްގެ ބައި އިލެކްޝަންގައި ވެސް އެމްޑީޕީން ވަނީ ޕީޕީއެމްގެ މައްޗަށް ކުރި ހޯދައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ