2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ޑީއާރުޕީ ވާދައެއް ނުކުރާނެ

2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ދިވެހި ރައްޔިތުންގެ ޕާޓީ، ޑީއާރުޕީ ވާދަ ނުކުރާނެކަމަށް ޕީޕީއެމްގެ އިންތިގާލީ ނައިބު ރައީސް އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
އުމަރު ނަސީރު ވިދާޅުވީ ޑީއާރުޕީއަކީ މިހާރު ސިޔާސީ ގޮތުން ފެއިލްވެފައިވާ ޕާޓީއެއްކަމަށާއި އެޕާޓީގެ އަސްލު "ސައިޒު" މިހާރު އެޕާޓީއަށް ފެންނަމުން ދާކަމަށެވެ. އަދި ޑީއާރުޕީގައިތިބީ ފެއިލްވެފައިވާ ލީޑަރުންތަކެއްކަމަށާއި އެބޭފުޅުންނާއިއެކު 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބާއި ކުރިމަތިލާން ޑީއާރުޕީއަށް ނުކެރޭނެކަމަށްވެސް އުމަރު ވިދާޅުވިއެވެ.
ޑީއާރުޕީގެ ލީޑަރ އަހުމަދު ތަސްމީން އަލީ އަކީވެސް ފެއިލްވެފައިވާ ލީޑަރެއްކަމަށާއި ތަސްމީން ރިޔާސީ އިންތިހާބަށް ނިކުމެވަޑައި ނުގަންނަވާނެކަމަށާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދާއި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު މުހައްމަދާއި ކަނޑިތީމު ދާއިރާގެ މެމްބަރު މުހައްމަދު ހުސައިންވެސްވަނީ ސިޔާސީ ގޮތުން ފެއިލްވެފައިވަކަމާއި އެބޭފުޅުންވެސްދެން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަ ނުކުރައްވާނެކަމަށް އުމަރު ނަސީރު ވިދާޅުވިއެވެ.
2013 ވަނަ އަހަރުގެ ރިޔާސީ ރޭހަށް ޑީއާރުޕީ ނުނިކުންނާނެކަމަށް އުމަރު ވިދާޅުވާއިރު ޑީއާރުޕީން ގެންދަނީ ރިޔާސީ އިންތިހާބަށް ތައްޔާރުވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ