އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް ރިޔާސީ އިންތިހާބުގައި ބައިވެރި ނުވެވޭނެ މަގަށް ސަރުކާރުން މަސައްކަތްކުރަމުން ދާކަމަށްބުނެ އެކަމާއި ދެކޮޅަށް އިހްތިޖާޖް ކުރުމަށް އެމްޑީޕީން ނިންމައިފިއެވެ.
އެމްޑީޕީންބުނީ ރައީސް ނަޝީދު ރިޔާސީ ރޭހުގައި ވާދަކުރިޔަ ނުދިނުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާކަމަށާއި އެކަމާއި ދެކޮޅަށް ފުޅާދާއިރާއެއްގައި އިޚްތިޖާޖްތައް ކުރުމަށް އެޕާޓީގެ ޤައުމީ ހިންގާ ކޮމެޓީން މިއަދު ޤަރާރެއް ފާސްކޮށްފައިވާކަމަށެވެ.
”ރާއްޖޭގެ ޝަރުއީ ނިޒާމަކީ އިންސާފް ޤާއިމް ނުވާގޮތަށް އޮތް ނިޒާމަކަށްވެފައި، އަދި އާންމު އުސޫލެއްގެ ގޮތުން އެކަން ކުރަނީވެސް އެގޮތަށް ކަމަށް ރާއްޖޭގެ ރައްޔިތުންނާއި ބައިނަލް އަޤުވާމީ ފަރާތްތަކުން ފާހަގަކޮށް ބުނަމުންދާއިރު، ދިވެހިރާއްޖޭގެ ރައްޔިތުންގެ ނުހަނު ލޯތްބާއި ތާއީދު ލިބިވަޑައިގެން ހުންނެވި އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓްގެ މައްޗަށް ދަޢުވާކޮށް، މިޤައުމުގެ އެންމެ ބޮޑު ސިޔާސީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓަށް ރިޔާސީ އިންތިހާބުގައި ބައިވެރި ނުވެވޭނެ މަގަށް މިހާރު މިއޮތް ސަރުކާރުން މަސައްކަތްކުރަމުން ދާކަމީ، މިގައުމުގެ ގިނަ ރައްޔިތުން ކަންބޮޑުވެ، ނުތަނަވަސްވެ، މިޤައުމު ބޮޑު ހަމަނުޖެހުމަކަށް ވެއްޓިދާނެ ކަމަކަށްވާތީ، އެފަދައިން އަމަލުނުކުރުމަށް ބާރުއަޅައި މިޕާޓީން ފުޅާދާއިރާއެއްގައި އިހްތިޖާޖްތައް ހިންގުމަށް ޤައުމީ ހިންގާ ކޮމިޓީން ނިންމައިފީމެވެ" މާފާންނު އުތުރު ދާއިރާގެ މެމްބަރ އިމްތިޔާޒް ފަޙުމީ ހުށަހަޅުއްވައި، ޤައުމީ މަޖިލީހުގެ މެންބަރ ޝިފާ މުހައްމަދު ތާޢީދާއިއެކު އިއްތިފާޤުން މިއަދު ފާސްކުރި ގަރާރުގައިބުނެފައިވެއެވެ.
ރައީސް ނަޝީދު ރިޔާސީ ރޭހުގައި ވާދަކުރުމަށް ހުރަސް އަޅާކަމަށްބުނެ އެމްޑީޕީން އިހްތިޖާޖަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ