ރައީސް މުހައްމަދު ވަހީދު ހަސަން މަނިކުގެ ގައުމީ އިއްތިހާދު ޕާޓީއާއި ޕީޕަލްސް ޕާޓީނޫން އެހެން ޕާޓީތަކުގެ މެމްބަރުންގެ އަދަދު ދަށްވެފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
އިލެކްޝަންސް ކޮމިޝަނުން ޕާޓީތަކުގެ ދަފުތަރު އެންމެފަހުން އަޕްޑޭޓުކޮށްފައިވަނީ މިމަހުގެ 14 ވަނަ ދުވަހުއެވެ. އޭގެ ކުރިން އަޕްޑޭޓްކޮށްފައި ވަނީ މިމަހުގެ އަށްވަނަ ދުވަހުއެވެ. އަދި އޭގެ ކުރިއަށް އަޕްޑޭޓްކޮށްފައިވަނީ ނިމިދިޔަ ސެޕްޓެމްރު މަހުގެ 30 ވަނަ ދުވަހުއެވެ.
ކޮމިޝަނުގެ ސައިޓުގައި މިމަހުގެ 14 ވަނަ ދުވަހު އަޕްޑޭޓްކޮށްފައިވާ ހިސާބުތަކުން ދައްކާ ގޮތުގައި އެންމެ މެމްބަރުންގެ އަދަދު ގިނަ ޕާޓީ އެމްޑީޕީވަނީ 48503 ން 48418 އަކަށް ވެއްޓިފައެވެ.
ޑިއާރުޕީގެ މެމްބަރުންގެ އަދަދުވަނީ 26900 އަކުން 26852 އަކަށް ވެއްޓިފައެވެ. ޕީޕީއެމުގެ މެމްބަރުންގެ އަދަދުވަނީ 17489 އަކުން 17456 ކަށް ވެއްޓިފައެވެ. ޖުމްހޫރީ ޕާޓީގެ މެމްބަރުންގެ އަދަދުވަނީ 6723 އަކުން 6687 އަށް ވެއްޓިފައެވެ.
މިމުއްދަތުގެ ތެރޭގައި ގައުމީ އިއްތިހާދު ޕާޓީގެ މެމްބަރުންގެ އަދަދުވަނީ 2498ގައި ހިފެހެއްޓިފައެވެ. ގައުމީ އިއްތިހާދު ޕާޓީގެ އިތުރުން ޕީޕަލްސް ޕާޓީ ގެ މެމްބަރުންގެ އަދަދު ވެސްވަނީ 1723ގައި ހިފެހެއްޓިފައެވެ.
މިމުއްދަތުގައި އަދާލަތު ޕާޓީގެ މެމްބަރުންގެ އަދަދު ވެސްވަނީ 5817 އަކުން 5809 އަކަށް ވެއްޓިފައެވެ.
މިމުއްދަތަށް ބަލާއިރު، އިލެކްޝަންސް ކޮމިޝަނުން ޕްރޮސެސްނުކޮށް އެމްޑީޕީގެ 252 ފޯމާއި ޑީއާރުޕީން 293 ފޯމާއި އަދާލަތު ޕާޓީގެ 83 ފޯމު އަދި ޖުމްހޫރީ ޕާޓީގެ 1040 ފޯމާއި ގައުމީ އިއްތިހާދު ޕާޓީގެ 764 ފޯމާއި ޕީޕީއެމުގެ 462 ފޯމު އެބައޮތެވެ.
އިލެކްޝަންސް ކޮމިޝަނުން މިހާތަނަށް ޕްރޮސެސް ނުކޮށް ހުރި ފޯމުތަކުގެ އަދަދުތަކަށް ބަލާ އިރު ވެސް ދެވަނައަށް އެންމެ ގިނަ ފޯމު ހުށަހަޅާފައިވަނީ ގައުމީ އިއްތިހާދު ޕާޓީއަށެވެ.
ގައުމީ އިއްތިހާދު ޕާޓީއާއި ޕީޕަލްސް ޕާޓީނޫން އެހެން ހުރިހާ ޕާޓީތަކެއްގެ މެމްބަރުންގެ އަދަދު ދަށަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ