އުސްފަސްގަނޑުގެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅައިފި

އުސްފަސްގަނޑުގެ އިސްތިއުނާފުގެ މައްސަލާގައި ވަކި ގޮތެއް ނިމެންދެން އެ ބިމުގެ އެއްވެސް މުއާމަލާތެއް ނުހިންގައި، ފުލުހުންގެ ބެލުމުގެ ދަށުގައި ބޭއްވުމަށް ހައި ކޯޓުން ކުރި އަމުރު އިސްތިއުނާފުކުރުމަށް މާލޭ ސިޓީ ކައުންސިލުން ސުޕްރީމް ކޯޓަށް މިއަދު ހުށަހަޅައިފި އެވެ. މާލޭ ސިޓީ ކައުންސިލްގެ މޭޔަރު މައިޒާން އަލިމަނިކު ވިދާޅުވީ އެ މައްސަލަ ހުށަހެޅި ނަމަވެސް، މައްސަލަ ބަލައިގެންފައިވާކަން ކޯޓުން އަދި ނާންގާ ކަމަށެވެ. އެ މައްސަލަ މިދިޔަ ބުރާސްފަތި ދުވަހު ވެސް ސުޕްރީމް ކޯޓަށް ހުށަހެޅި އެވެ. އެ މައްސަލަ މިދިޔަ ބުރާސްފަތި ދުވަހު ވެސް ހުށަހެޅި އެވެ. ނަމަވެސް ލިޔެކިޔުންތައް ފުރިހަމަ ނުވާތީ އެ ދުވަހު އެ މައްސަލަ ބަލައެއް ނުގަނެ އެވެ. އެމްޑީޕީގެ ސިޔާސީ ހަރަކާތްތައް ހިންގަމުންދާ އުސްފަސްގަނޑު ހަފުތާއެއްގެ ތެރޭގައި ހައުސިން މިނިސްޓްރީއާ ހަވާލުކުރުމަށް ސިވިލް ކޯޓުން މިދިޔަ މަހު ކުރި ހުކުމާ މެދު ހިތްހަމަނުޖެހިގެން މާލޭ ސިޓީ ކައުންސިލުން ހައި ކޯޓްގައި އިސްތިއުނާފްކޮށްފައިވީ ނަމަވެސް އެ މައްސަލާގައި ކޯޓުން އަދި ވަކިގޮތެއް ނުނިންމަ އެވެ. ސިވިލް ކޯޓުގެ ހުކުމްގައި ބުނެފައި ވަނީ ހައުސިން މިނިސްޓްރީން މާލޭ ސިޓީ ކައުންސިލާ ހަވާލުކުރި ބިން ބޭނުންކުރަމުން ދަނީ، ބިން ހަވާލުކުރި އެއްބަސްވުމާއި ބިން ބޭނުންކުރުމަށް ސަރުކާރުން ކަނޑައަޅާފައިވާ ލޭންޑްޔޫސް ޕްލޭނާ ވެސް ހިލާފަށެވެ. އަދި ހައުސިން މިނިސްޓްރީގެ ހުއްދައެއް ނެތި އުސްފަސްގަނޑު ކައުންސިލުން ބެލެހެއްޓުމާއި އެތަން ބޭނުންކުރުމަށް އެހެން ފަރާތަކަށް ދޫކުރުމުގެ އެއްވެސް ހައިސިއްޔަތެއް ކައުންސިލަށް ލިބިގެން ނުވާ ކަމަށް އެ ހުކުމުގައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ