ބްރޯޑްކާސްޓިން މީޑިޔާތައް ރެގިއުލޭޓް ކުރުމުގެ މަސައްކަތް ކުރަމުންގެންދާ ބްރޯޑްކާސްޓިން ކޮމިޝަނަށް ވިލުފުށި ދާއިރާގެ މެމްބަރ ރިޔާޒު ރަޝީދު ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ވާހަކަ ދައްކަވައިފި އެވެ
ވީޓީވީން ރޭ ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ރިޔާޒު ވިދާޅުވީ ބްރޯޑްކާސްޓިން ކޮމިޝަނަށް މެމްބަރުން ހޮވީ ވަރަށް ބޮޑެތި އުއްމީދުތަކާއެކުގައި ކަމަށާއި ނަމަވެސް އެ އުއްމީދުތައް ހާސިލުވަމުންނުދާކަމަށެވެ.
ރާއްޖެޓީވީގެ ސިގްނަލް މުޅި ރާއްޖެ އަށް ދިން މައްސަލާގައި ވާހަކަ ދައްކަވަމުން ރިޔާޒު ވިދާޅުވީ އެކަން ވެސް ކޮށްފައިވަނީ އިންސާފުން ބޭރުގައި ކަމަށެވެ
"އެއް ފަހަރު ބުނާނެ ރާއްޖެ ޓީވީ ބެލުމަކީ ވެސް ކުށެއްކަމަށް. އަނެއްކާ ސައްވީސް ގަޑިއިރުނުވަނީސް ބުނާނެ ބެލޭނެއޭ. އެންމެ ފަހުން މުޅި ކަންކޮޅުތަކަށް ރާއްޖެ ޓީވީގެ ހިދުމަތް ދޫކުރުމުގެ ހުއްދަ އެ ވަނީ ދީފަ. އެހެން އެކަންތައް ކުރާތީ ބްރޯޑްކާސްޓިން ކޮމިޝަނާމެދު ނުތަނަވަސްވަނީ،" ރިޔާޒު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އިދިކޮޅު މީހުންގެގޮތުގައި ރިޔާޒުމެން ތިއްބެވި އިރު ކޮމިޝަނަށްތަކަށް ތައުލީމީ މީހުން ނެގުމުގެ ބޭނުން ފުރިހަމަނުވާކަމަށާއި އެކަމާ ކަން ބޮޑުވާކަމަށެވެ.
ބްރޯޑްކާސްޓިން މީޑިޔާތަކުން ރައީސުލްޖުމްހޫރިއްޔާއަށާއި ރައީސްކަން ކުރައްވާފައިވާ ބޭފުޅުންނާ މުހާތަބުކޮށް މައުލޫމާތު ފަތުރާއިރު އެ ބޭފުޅުންގެ ގަދަރަށް އުނިކަން ނާންނެގޮތަކަށް އެކަންކަން ކުރުމަށް ބްރޯޑްކާސްޓިން ކޮމިޝަނުން ގޮވާލާފައިވާ ގޮވާލުމަށް ވެސް ރޭގެ ޕްރޮގްރާމުގައި ރިޔާޒު ވަނީ ފާޑު ވިދާޅުވެ ވާހަކަ ދައްކަވާފަ އެވެ.
ބްރޯޑްކާސްޓިން ކޮމިޝަނަށް ވިލުފުށި ދާއިރާގެ މެމްބަރ ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ