ތިމަރަފުށީ ދާއިރާގެ ޒުވާނުން މި ތިން ދުވަހު މަޑުމަޑުން ތިބުމަށް ރައީސް ނަޝީދު އިލްތިމާސް ކުރައްވައިފި

އަހުމަދު އިބްރާހިމް
ތިމަރަފުށީ ދާއިރާގެ ބައި އިލެކްޝަން ކުރިއަށްދާއިރު ކުރިއަށް އޮތް ތިން ދުވަހުވެސް ތިމަރަފުށީ ދާއިރޭގެ ޒުވާނުން މަޑުމަޑުން ތިބުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު އެދާއިރާގެ ޒުވާނުންނަށް އިލްތިމާސް ކުރައްވައިފިއެވެ.
ނަޝީދު މިކަމަށް އިލްތިމާސް ކުރެއްވީ ރޭ ގުރައިދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ނައީސް ނަޝީދު މިގޮތަށް އިލްތިމާސް ކުރައްވާފައި މިވަނީ ތިމަރަފުށީ ދާއިރާގައިތިބި އެމްޑީޕީގެ ޒުވާނުން ފުލުހުން ހައްޔަރުކުރަމުން ގެންދާކަމަށް އެދާއިރާއަށް އެމްޑީޕީން ކުރިމަތިލާފައިވާ އެދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު މުސްތަފާ ތުހުމަތު ކުރައްވާފައި ވަނިކޮށެވެ.
"މިއަދުގެ ތިމަރަފުށީ ދާއިރާގެ އިންތިހާބުގައި ފުލުހުން ހަމަނުޖެހުން އުފެއްދުމަށް މަސައްކަތް އެކުރަނީ، ވަރަށް ބޮޑު ބޭނުމެއްގައި، އެއްވެސް ހާލެއްގައި ތިމަތަފުށީ ރައްޔިތުންކުރާކަމެއްނޫންއެއީ. ތިބޭފުޅުންނަށް ފަހަރުގައި ފާހަގަ ކުރެވިފައި ނެތިދާނެ އެންމެ ފަހުން އެމެރިކާ ސަރުކާރުން މިރާއްޖޭގެ ސިޔާސީ ކަންކަމާއި ގުޅޭގޮތުން ނެރުނު ބަޔާނެއްގައި ލިޔެފައިއޮތީ ސަރުކާރުންވެސް ބާރުއަޅަނީ އަވަސް އިންތިހާބަކަށޭ އަދި ރާއްޖޭގެ އިންތިހާބީ ކަންކަމުގެ ހާލަތު ރަނގަޅު ކުރަމުންގޮސް އެއަވަސް އިންތިހާބު ގެނައުމަށޭ" ނަޝީދު ވިދާޅުވިއެވެ.
އަދި 14 އޭޕްރީގައި ބާއްވާ ދެ ބައި އިލެކްޝަނަކީ މިދެންނެވި ހާލަތު ދައްކުވައިދޭނެ އިންތިހާބެއްކަމަށް އެމެރިކާއި ބުނާކަމަށާއި އެކަމުގެ ސަބަބުން ސަރުކާރުން މަސައްކަތް ކުރަމުން ގެންދަނީ އެހާލަތު ބަދަލްކުރުމަށްކަމަށާއި ރާއްޖޭގައި އިންތިހާބެއް ބާއްވާނެ މާހައުލެއް ނެތްކަން ދެއްކުމަށްކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ