ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ރާއްޖެ އާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅާ ލިސްޓުގައި 41 މީހަކު ހިމެނޭ ކަމަށް ޔޫރަޕިއަން ޕާލަމެންޓްގެ މެމްބަރަކު ވިދާޅުވެއްޖެ އެވެ.
ރާއްޖެ އަށް ދަތިކުރުމުގެ ފިޔަވަޅު އަޅަން އީޔޫގެ ކައުންސިލުން މިދިޔަ މަހުގެ ތެރޭގައި ފާސް ކުރިއިރު، އީޔޫ އިން ހެދި އޮނިގަނޑުގައި އޮތީ ރާއްޖޭގެ އިންސާނީ އަދި ސިޔާސީ ހައްގުތަކަށް އަރައިގަންނަ މީހުންނާއި މުއައްސަސާތަކުގެ އިތުރުން އެކަމުގައި ބައިވެރިވާ އެހެން މީހުންނާ މެދު ފިޔަވަޅު އެޅުމަށެވެ.
އީޔޫ އަށް އެޅިދާނެ ފިޔަވަޅުތަކުގެ ތެރޭގައި އީޔޫގެ ގައުމުތަކަށް ދަތުރުކުރުން މަނާކުރުމާއި އެ ގައުމުތަކުގައި ހުރި ބައެއް ދިވެހިންގެ މުދާ ހިފެހެއްޓުން ފަދަ ފިޔަވަޅުތައް ހިމެނުނަސް، އެ ކަންކަން ތަންފީޒުކުރަން ފަށާނީ، ފިޔަވަޅު އަޅާ ފަރާތްތަކުގެ ލިސްޓެއް އީޔޫ އިން ގެޒެޓްކުރުމުންނެވެ.
"އީޕީޓުޑޭ" އަށް ދެއްވި އިންޓަވިއުއެއްގައި އީޔޫ ޕާލަމެންޓްގެ މެމްބަރު ތޯމަސް ޒެކޮވޯސްކީ ވިދާޅުވީ، ފިޔަވަޅު އަޅާ މީހުންގެ ލިސްޓެއް އެބައޮތް ކަމަށާއި އެ ލިސްޓް އޭނާ ދެކެވަޑައިގެންނެވި ކަމަށެވެ. އެކަމަކު، ލިސްޓުގައި ހިމެނެނީ ކޮން ބައެއް ކަން އެ މެމްބަރު ވިދާޅުވެފައެއް ނުވެ އެވެ.
(އިތުރު ތަފްސީލް އަންނަނީ.)
އީޔޫ އިން ރާއްޖެއަށް ފިޔަވަޅު އަޅާ ލިސްޓުގައި 41 ނަމެއް ހިމެނޭ: އީޔޫ މެމްބަރު ތޯމަސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ