އީސީގެ ތެރެއިން ސިއްރު އެއްވެސް މައުލޫމާތެއް ލީކެއް ނުވާނެ: މެމްބަރު އަކްރަމް

އިލެކްޝަންސް ކޮމިޝަނުން އެއްވެސް މަޢުލޫމާތުދެއް ލީކް ނުވާނެ ކަމުގެ ޔަގީން ކަން އެ ކޮމިޝަންގެ މެމްބަރު އަހްމަދު އަކްރަމް ދެއްވައިފިއެވެޗެނަލް 13 އަށް ދެއްވި ހާއްސަ ބަސްދީގަތުމެއްގައި އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އަހްމަދު އަކްރަމް ވިދާޅުވީ، އިލެކްޝަން ކޮމިޝަނުން މަޢުލޫމާތު ރައީސް އަބްދުﷲ ޔާމީންގެ ކެމްޕޭން އޮފީހަށް ލިބެމުން ދާ ކަމަށް ބުނެ ބަޔަކު ފަތުރަނީ ދޮގު މައުލޫމާތެއް ކަމަށެވެ. އަދި އިލެކްޝަން ކޮމިޝަނަށް ރީރަޖިސްޓަރ ކުރުމަށް ހުށައަޅާފައިވާ ފޯމްތަކުގެ މައުލޫމާތު އެއްވެސް ފަރާތަކައް އެ ކޮމިޝަނުން ހިއްސާ ނުކުރާ ކަމަށާއި އެ މައުލޫމާތަކީ އިލެކްޝަނުން އެއްވެސް ސިޔާސީ ޕާޓީއަކަށް ދޫކުރާނެ މައުލޫމާތެއް ނޫން ކަމަށެވެ. އިތުރަށް ވާހަކަ ދައްކަވަމުން އަކްރަމް ވިދާޅުވީ އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފްއާއި ސިޔާސީ ތިން ޕާޓީއަކުން ބަދަލު ކުރެއްވި ކަމަށާއި އަދި ރީރަޖިސްޓްރޭޝަނާއި ގުޅޭ މައުލޫމާތު އޮޅުންފިލުވެއްވި ކަމަށެވެ. އެގޮތުން ސްރީލަންކާއިން ރީރަޖިސްޓަރ ކުރުމަށް އެމްޑީޕީ ގެނެސްފައިވާ ފޯމްތައް އީސީއަށް ހުށައެޅުމަށް ފަހު، އެ ފޯމްތަކުގައި ވާ ނަންބަރައް ވަކި ކެމްޕޭން އޮފީހަކުން ގުޅި ކަމުގެ މައުލޫމާތު ހިއްސާކުރިކަމަށެވެ. އަކްރަމް އިތުރަށް ވިދާޅުވީ، އީސީގެ ތެރެއިން އެއްވެސް މައުލޫމާތެއް ބޭރު ނުވާނެ ކަމަށާއި މުވައްޒިފުންގެ މަސައްކަތައް އެއްވަށް ވުރެ ގާތުން މޮނިޓާރ ކުރަމުން ދާކަމަށެވެ. އަކްރަމް ވިދާޅުވި ގޮތުގައި އެމްޑީޕީގެ ފަރާތުން އެ ޝަކުވާ ހުށައެޅުމާއި އެކު އެ މައްސަލަ ކޮޕްލޭންސް ބިއުރޯ އަށް މިހާރު ހުށައެޅިފައިވާނެއެވެ. މީގެއިތުރުން މައްސަލަ ބަލާ ނިމުމުން، އެ މައްސަލައިގައި އެއްވެސް ފަރާތަކުން އިހްމާލް ވާނަމަ އެ ފަރާތްތަކާއި މެދު ފިޔަވަޅު އަޅާނެ ކަމަށެވެ. އަކްރަމް އިތުރަށް ވިދާޅުވީ، އެ ކަމަކީ ވުން އެކަށިގެންވާ ކަމަކަށް ނުވަނީ ރީރަޖިސްޓަރީ ފޯމްގައި އޮންނާނީ މައުލޫމާތު ހިމަނާ ފަރާތުގެ އަމިއްލަ ނަންބަރު ހިމަނަން ކަމަށާއި ހުރިހާ ފޯމެއްގައި އެންމެ މީހެއްގެ ނަންބަރު އޮތުމަކީ މައްސަލައެއް ކަން އޭނާ ފާޙަގަކުރެއްވިއެވެ. ތަފާތު މީހުންގެ ނަންމަތީގައި އެންމެ މީހަކައް ގުޅާނަމަ އެއީ މައްސަލައެއް ކަން ފާހަގަކޮށް އަކްރަމް ވިދާޅުވީ، ހުރިހާ ފޯމެއްގައި އެއް ނަންބަރު އޮތުމުން އެނިގެން ދަނީ މައުލޫމާތު އޮޅުވާލާފައިވުން ކަމެވެ. މީގެއިތުރުން އިލެކްޝަން ކޮމިޝަންގެ ރައީސް އާއި ހަވާލާ ދެއްވާ އަކްރަމް ވިދާޅުވީ ޝަރީފްގެ އަރިހުގައި ހުންނަވައިގެން އެމްޑީޕީ ގެ ފަރާތުން ކުރީގެ ތިނަދޫ ދާއިރާ މެމްބަރު ގަސަމް ނެންގެވި ކޯލްތަކުގައި ތަފާތު ފަހަރު ތަފާތު ވާޙަކަ ދައްކާފައިވާކަމަށެވެ. އެގޮތުން އެއް ފަހަރު އެއް ކެމްޕޭން އޮފީހުގެ ނަން ބުނެފައިވާއިރު، އަނެއް ފަހަރު އެެހެން ޕާޓީއެއްގެ ކެމްޕޭން އޮފީހުގެ ނަން ބޭނުންކޮށްފައިވާކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ