ރައްޔިތުން މަޖްލިސް އިންތިހާބުގައި ވާދަކުރުމާމެދު މިދަނީ ވިސްނަމުން: ޝައިޚް އަނީލް

މިއަހަރު އޮންނަ ރައްޔިތުންގެ މަޖްލިސް އިންތިހާބުގައި ވާދަކުރުމާމެދު ވިސްނަމުން ދާކަމަށް އައްޝައިޚް މުޙައްމަދު އަނީލް ވިދާޅުވެއްޖެއެވެ.ފޭސްބުކްގައި ފެތުރެމުންދާ ޚަބަރަކާއި ގުޅޭގޮތުން ދިއިސްލާމްއިން ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން ޝައިޚް އަނީލް ވިދާޅުވީ މަޖްލިސް އިންތިހާބުގައި ވާދަކުރުމާމެދު އަދި ގޮތެއް ނުނިންމާކަމަށާއި އެކަމާމެދު ވިސްނަމުން ދާކަމަށެވެ.ފޭސްބުކްގައި ޝައިޚް އަނީލްއަށް ކެމްޕެއިން ކުރުމަށް ހަދާފައިވާ ޕޭޖްގައިވަނީ އެމަނިކުފާނު ކުރިމަތިލައްވަނީ އައްޑޫ ސިޓީ ހިތަދޫ ދެކުނުދާއިރާއަށް ކަމަށެވެ.އައްޝައިޚް މުޙައްމަދު އަނީލްއަކީ މަދީނާ އިސްލާމިކް ޔުނިވަރސިޓީއިން ތަޢުލީމް ހާޞިލްކުރައްވާފައިވާ އަދި އައްޑޫ ސިޓީގައި އިސްލާމި ދައުވަތު ފެތުރުމުގައި ހީވާގިކަމާއެކު ހަރަކާތްތެރި ވަމުންދާ ޝައިޚްއެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ