ޖޭއެސްސީގެ ރައީސްގެ މެމްބަރަކަށް ރޭނިސް ސަލީމް

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ރައީސުލްޖުމްހޫރިއްޔާގެ މެމްބަރަކަށް މުހަންމަދު ސަލީމް (ރޭނިސް ސަލީމް) މިއަދު އައްޔަންކޮށްފި އެވެ.
ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ޖޭއެސްސީގެ މެމްބަރުކަމުގެ ލިޔުން ސަލީމްއާ ހަވާލުކޮށްދެއްވީ ރައީސް މުހަންމަދު ވަހީދެވެ. އެ ރަސްމިއްޔާތުގެ ކުރިން ސަލީމް ވަނީ ޖޭއެސްސީގެ މެމްބަރުކަމުގެ ހުވާ ކުރައްވައިފަ އެވެ.
ސަލީމް އަކީ 17 އަހަރު ވަންދެން އެޓާނީ ޖެނެރަލްގެ އޮފީހުގައި މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ. އެޓާނީ ޖެނެރަލްގެ އޮފީހުން އޭނާ ވަކިވެ ވަޑައިގެންނެވިއިރު ހުންނެވީ ޑިރެކްޓަ ޖެނެރަލްގެ މަގާމުގަ އެވެ. އަދި އޭރު ޕްރޮސެކިއުޝަންގެ އެންމެ އިސްވެރިއަކީ ވެސް ސަލީމެވެ. މީގެ އިތުރުން އޭނާ ވަނީ ޕޮލިސް ކޯޓުގައި އަށް އަހަރު ވަންދެން މަސައްކަތް ކުރައްވައިފަ އެވެ.
އެންމެ ފަހުން ސަލީމް ފާހަގަކުރެވިފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމްގެ ގާނޫނީ ވަކީލެއްގެ ގޮތުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ