ސުޕްރީމް ކޯޓްގެ އަމުރު ގާނޫނު އަސާސީއާ ހިލާފު ކަމަށް މަޖިލީހުން ފާސްކޮށްފި

ފަނޑިޔާރު އަބްދުﷲ ދީދީގެ ސަސްޕެންޝަން މަޑު ޖައްސާލަން އެ ކޯޓުން ނެރުނު އަމުރާ ހިލާފަށް ދައުލަތުގެ އެއްވެސް މުއައްސަސާއަކުން ނިންމާ ނިންމުމަކީ ބާތިލު ނިންމުމެއް ކަމަށް ބުނެ ސުޕްރީމް ކޯޓުން އިއްޔެ ނެރުނު އަމުރަކީ ގާނޫނު އަސާސީއާ ހިލާފު އަމުރެއް ކަމަށް މަޖިލީހުގެ ތަޅުމުން މިއަދު ނިންމައިފި އެވެ. މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ޖޭއެސްސީ ހާޒިރުކޮށްގެން ހޯދުމުގެ މައުލޫމާތުތަކުގެ މައްޗަށް އެކުލަވާލި ރިޕޯޓްގެ ބަހުސްގެ މަރުހަލާގައި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު ރިޕޯޓަށް ހުށަހެޅުއްވި އިސްލާހަކީ، އިއްޔެ ސުޕްރީމް ކޯޓުން ނެރުނު އަމުރަކީވެސް ގާނޫނު އަސާސީއާ ހިލާފު އަމުރެއް ކަމަށް ކަނޑައެޅުމަށް އެ ރިޕޯޓްގައި ހިމެނުމަށެވެ. އެ ހުށަހެޅުމަށް މިއަދުގެ ވޯޓް ގަނޑީގައި ވޯޓަށް އެހުމުން އެ ވަގުތު މަޖިލީހުގެ ފްލޯގައި ތިއްބެވި 64 މެންބަރުން ވަނީ އެ އިސްލާހު ރިޕޯޓްގައި ހިމަނަން ފެންނަން ކަމަށް ވޯޓް ދެއްވައިފަ އެވެ. އަދި އެ އިސްލާހު ރިޕޯޓްގައި ހިމަނަން ނުފެންނަ ކަމަށް އެއްވެސް މެންބަރަކު ވޯޓް ނުދެއްވާއިރު، ވޯޓްގައި ބައިވެރިވެ ވަޑައިނުގެން، 3 މެންބަރަކު ތިއްބެވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ