މައުމޫން ފައުންޑޭޝަނުން، ފަސް ދާއިރާއަކުން 10 ސްކޮލާޝިޕް ހުޅުވާލައިފި

މައުމޫން ފައުންޑޭޝަނުން، ފަސް ދާއިރާއަކުން 10 ސްކޮލާޝިޕްގެ ފުރުސަތު ހުޅުވާލައިފިއެވެ.
ދިވެހި ޒުވާނުންނަށް މަތީ ތައުލީމުގެ އިތުރު ފުރުސަތުތައް ހޯދައިދިނުމުގެ ގޮތުން، މައުމޫން ފައުންޑޭޝަންގެ ފަރާތުން ހުޅުވާލި މި ސްކޮލާޝިޕްގެ ފުރުސަތުތަކަކީ އެ ފައުންޑޭޝަންގެ ފަރާތުން ހުޅުވާލާ ޕާޓް-ފަންޑަޑް ސްކޮލާޝިޕްތަކެކެވެ،
ިއެ ފައުންޑޭޝަންގެ ފަރާތުން ހުޅުވާލާ ސްކޮލާޝިޕްގެ 10 ފުރުސަތަކީ އިންޑިޔާގެ ބެންގަލޫރުގެ ގާޑަން ސިޓީ ކޮލެޖްގައި ތަފާތު 5 ދާއިރާއަކުން ބެޗެލާސް ޑިގްރީ އަދި މާސްޓަރސް ހާސިލްކުރުމުގެ ފުރުސަތު ކަމަށް މައުމޫން ފައުންޑޭޝަނުން ބުނު އެވެ.
އެގޮތުން ހުޅުވާލާފައިވަނީ ބެޗެލަރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން، ބެޗެލަރ އިން ބަޔޯޓެކްނޮލޮޖީ، ބަޔޯކެމިސްޓްރީ، ޖެނެޓިކްސް، ބެޗެލަރ އޮފް ފިޒިއޮތެރަޕީ، ބެޗެލަރ އޮފް ކޮމްޕިއުޓަރ އެޕްލިކޭޝަން އަދި މާސްޓަރ އޮފް ޓޫރިޒަމް އެންޑް ޓްރެވަލް މެނޭޖްމަންޓެވެ.
މި ކޯސްތަކުގެ އެޕްލިކޭޝަން ފޯމް މައުމޫން ފައުންޑޭޝަންގެ އޮފީހުން ލިބެން ހުންނާނެކަމަށް އެ އޮފީހުން ބުނެއެވެ. އަދި އެ އޮފީހުގެ ނަންބަރުތަކާއި ގުޅުމުން އިތުރު މައުލޫމާތު ސާފުކުރެވޭނެކަމަށްވެސް ވަނީ ބުނެފައެވެ.
މައުމޫން ފައުންޑޭޝަން އުފެދުނީއްސުރެ، ދިވެހި ޒުވާނުންނަށް ރާއްޖެއިން ބޭރުން މަތީ ތައުލީމުގެ ގިނަ ފުރުސަތުތަކެއް ދަނީ ފަހިކޮށްދެމުންނެވެ. އެގޮތުން މިހާރުވެސް ގިނަ ދަރިވަރުންތަކެއް އިންޑިއާގައި ތަމްސީލް ހާސިލުކުރަމުން ގެންދެއެވެ.
މައުމޫން ފައުންޑޭޝަނަކީ، ރާއްޖޭގެ ކުރީގެ ރައީސް މައުމޫން އަބްދުއްގައްޔޫމް، ދިވެހި ގައުމާއި، ދިވެހި ޒުވާނުންނަށް ތަފާތު ފުރުސަތުތައް ފަހިކޮށްދިނުމުގެ މަގުސަދުގައި އެމަނިކުފާނު އުފައްދަވާފައިވާ ފައުންޑޭޝަނެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ