ސުޕްރީމް ކޯޓުން ދައުލަތުގެ އެހެން މުއައްސަސާތަކުގެ އިހްތިސޯސް ތެރެއަށް ވަދެފައިވޭތޯ ބަލާ، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އެކުލަވާލި ރިޕޯޓެއް، ރައްޔިތުންގެ މަޖިލީހަށް ފޮނުވަން އެކޮމިޓީން ނިންމައިފިއެވެ.
މަޖިލީހަށް ފޮނުވުމަށް ޖޭއެސްސީން ނިންމާފައިވަނީ، ސުޕްރީމް ކޯޓުން އެހެން މުއައްސަސާތަކުގެ އިހްތިސޯސް ތެރެއަށް ވަދެފައިވޭތޯ ބެލުމަށް، އެކޮމިޝަނުން އެކުލަވާލި ކޮމިޓީ އަކުން ތައްޔާރުކުރި ރިޕޯޓެކެވެ. ކޮމިޓީން ތައްޔާރުކުރި ރިޕޯޓްގެ އިތުރު ތަފްސީލެއް ޖޭއެސްސީން ހާމައެއް ނުކުރެއެވެ.
ޖޭއެސްސީން ބުނިގޮތުގައި ކޮމިޓީ އެކުލަވާލީ، އެ ކޮމިޝަން އަދި ރައްޔިތުންގެ މަޖިލިސް ފަދަ، ދައުލަތުގެ އެހެން މުއައްސަސާތަކުގެ އިހްތިސޯސް ތެރެއަށް، ސުޕްރީމް ކޯޓުން ވަދެފައިވޭތޯ ބެލުމަށް އެކޮމިޓީން ނިންމުމާއެކުގައިކަމަށެވެ. ކޮމިޓީން އެކުލަވާލި ރިޕޯޓް މަޖިލީހަށް ފޮނުވުމަށް ޖޭއެސްސީން ނިންމީ، ކޮމިޓީން ހުށަހެޅި ގޮތަށް، އިތުރު އިސްލާހެއް ނުގެނެސްއެވެ.
މިއަދު އޮތް ޖޭއެސްސީގެ 54 ވަނަ ބައްދަލުވުމުގައި އެކޮމިޝަނުން ވަނީ ގއ. ކޮނޑޭ ކޯޓުގެ އިސް މެޖިސްޓްރޭޓް، މުހައްމަދު އިބްރާހީމާ މެދު ފިޔަވަޅު އަޅަން ވެސް ނިންމައިފައެވެ. ކޮމިޝަނުން އިސްނަގައިގެން މުހައްމަދު އިބްރާހީމާ ބެހޭގޮތުން ބެލި ޝަކުވާގައި، ކޮމިޓީން ނިންމީ ނަސޭހަތް ދިނުމަށެވެ.
ޖޭއެސްސީން ފަނޑިޔާރު ޑީޑީ އާބެހޭގޮތުން ބަލަމު ދިޔަ މައްސަލައެއްގަ ޑީޑީ ސަސްޕެންޑްކޮށްފައި ވަނިކޮށް، ސުޕްރީމް ކޯޓުން ވަނީ އެ ސަސްޕެންޝަން ފަސްކޮށް، އިތުރު ފިޔަވަޅެއް އެ މައްސަލާގައި ނާޅަން އަމުރުކޮށްފަ އެވެ. އެކަމަކު ޖޭއެސްސީން ވަނީ އެ އަމުރު ގަބޫލު ނުކޮށް، ފަނޑިޔާރު ޑީޑީގެ ސަސްޕެންޝަން ދެމި އޮންނާނެ ކަމަށް ބުނެފަ އެވެ.
ސުޕްރީމް ކޯޓުން އެހެން މުއައްސަސާތަކުގެ އިހްތިސޯސް ތެރެއަށް ވަދެފަ ވޭތޯ ބަލާ، ޖޭއެސްސީން ރިޕޯޓެއް އެކުލަވާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ