މާލޭ ސަރަހައްދުގައި ކަރަންޓް ބޭނުން ކުރާ މިންވަރު އަހަރަކު 11 އިންސައްތަ އިތުރުވޭ - މިނިސްޓަރ

ސަރަހައްދަަށް ބަލާއިރުގައި ކަރަންޓް ބޭނުންކުރާ މިންވަރު އަހަރުން އަހަރަށް 9 އާއި 11 އިންސައްތަ އިތުރުވަމުން ދާކަމަށް އެންވާރަމެންޓް މިނިސްޓަރ ޑރ ހުސެއިން ރަޝީދު ހަސަން ވިދާޅުވެއްޖެއެވެ.
އެނާރޖީ އެފިޝިއެންސީ ބެޖްގެ ނަމުގައި ޚާއްސަ ބެޖެއް އިފްތިހާހު ކުރުމަށް އެންވަޔަރމަންޓް މިނިސްޓްރީން މިއަދު ހެނދުނު ސެންޓްރަލް ހޮޓެލްގައި ބޭއްވި ރަސްމިޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ހުސެއިން ރަޝީދު ވިދާޅުވީ ރާއްޖެއަކީ ރާއްޖޭގައި އުފައްދާ ހަކަތައިގެ 94 ޕަސެންޓް މިހާރުވެސް ޑީސަލް އަންދައިގެން ކަރަންޓު އުފައްދާ ޤައުމެއް ކަމަށެވެ.
"ހަމައެކަނި އަޅުގަނޑުމެން އުފައްދާ ކަރަންޓުގެ 6 އިންސައްތަ ސޯލާއިން މިވަގުތު އުފެދެނީ، މާލޭ ސަރަހައްދަަށް ބަލާއިރުގައި އަޅުގަނޑުމެން ކަރަންޓް ބޭނުންކުރާ މިންވަރު އަހަރުން އަހަރަށް 9 ޕަސެންޓް 11 ޕަސެންޓް އިތުރުވޭ " މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.
 
މިނިސްޓަރ ހުސެއިން ރަޝީދު އިތުރަށް ވިދާޅުވީ ބޭނުންކުރާ ހަކަތައިގެ މިންވަރު ނޫނީ ކަރަންޓު އިތުރުވަމުން މި ދަނީ އެއްގޮތަކަށްވެސް އާބަދީ ބޮޑުވާ ނިސްބަތަކުން ނޫން ކަމަށާއި އާބަދީ އިތުރުވީމަ، ގެދޮރުގެ އަދަދު އިތުރުވީމާ ވެސް ބޭނުންކުރާ ހަކަތައިގެ މިންވަރު އިތުރުވާކަމަށެވެ.
 
އެންވަޔަރމަންޓް މިނިސްޓްރީއާ ގާރލްސް ގައިޑް އެސޯސިއޭޝަނާއި، ސްކައުޓްސް އެސޯސިއޭޝަނުން ގުޅިގެން ތައާރަފްކުރި މި ބެޖް އިފްތިތާހުކޮށްދެއްވީ އެންވަޔަރމަންޓް މިނިސްޓަރ ޑރ. ހުސައިން ރަޝީދު ހަސަންއެވެ. މިނިސްޓަރ ވަނީ މި ބެޖުގެ ރަމްޒީ ފިލާ ދެ އެސޯސިއޭޝަނާ ހަވާލުކުރައްވާފައެވެ.
މި ރަސްމިއްޔާތުގައި ގާރލްސް ގައިޑް އެސޯސިއޭޝަނާއި ސްކައުޓް އެސޯސިއޭޝަނުން ބައިވެރި ވެފައިވާއިރު، މި ބެޖަކީ ރާއްޖޭގެ ހަކަތަ އެކަށީގެންވާ އަދި އެފިޝިއެންޓް ގޮތެއްގައި ބޭނުން ކުރުމަށް ކުރެވޭ މަސައްކަތުގެ ދަށުން އެޅުނު ހަރުދަނާ ފިޔަވަޅެއް ކަމަށް މިނިސްޓަރ ހުސެއިން ރަޝީދު ފާހަގަ ކުރެއްވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ