މެމްބަރު އަސްލަމްގެ ސަޕޯޓަރަކަށް ރޮޒެއިނާގެ ހޫނު ރައްދެއް

މިހާތަނަށް ޕީއެންސީގެ ނާއިބު ރައީސް އަޙްމަދު ނިހާން ހުސައިން މަނިކު ހޯއްދެވި މިނިވަންކަމަކީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ކަމުގައި އާއި އޭނާގެ ފުރާނަ ހުރިހައި ހިނދަކު ވާކަދައްކަވައި ޚިޔާލު ފާޅުކުރައްވާނެ ކަމަށް ވިދާޅުވެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމްގެ ފާޑުކިޔުން ނިހާން އަށް އަމާޒުކުރައްވައިފިއެވެ.
ރޮޒެއިނާ ކޮއްފައިވާ ޓްވިޓަކަށް އާންމުންގެ ދިވެއްސަކު ކުރި ކޮމެންޓެއްގެ ރައްދުގައި ރޮޒެއިނާ ވިދާޅުވެފައިވަނީ ޕީއެންސީގެ ނައިބު ރައީސް އަހްމަދު ނިހާން "ކުޅު ޖެއްސެވި ކަމުގައި ވިޔަސް، އޭނާގެ އަނގައިގައި ޓޭޕް ނޭޅޭ" ކަމަށާއި، އެހެން މީހަކަށް ވެސް އެކަން ނުވާނެ ކަމަށާއި އަދި އޭނާގެ ފުރާނަ ހުރިހާއި، ހިނދަކު ވާހަކަ ދައްކައި ހިޔާލު ފާޅު ކުރައްވާނެ ކަމަށާއި ހޯއްދެވި މިނިވަން ކަމަކީ އެއީ ކަމަށެވެ.
ރޮޒެއިނާ ޓްވިޓް މެދުވެރިކޮށް ވިދާޅުވެފައިވަނީ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ނުވަތަ ވިލިފުށީ ދާއިރާގެ އިންތިހާބީ މެމްބަރު ހަސަން އަފީފު ހޮވިވަޑައިގެންނެވިއަސް، އެއީ އެމްޑީޕީގެ ދެ މެންބަރުން ކަމަށާއި، އެކަމުގައި އެއްވެސް ކަހަލަ މައްސަލައެއް ނެތް ކަމަށެވެ. ރޮޒެއިނާގެ މި ޓްވިޓް އަކީ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސަކަށް އެންމެ ރަނގަޅީ އަފީފު ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވުމާއި ގުޅިގެން ބައެއް ފަރާތްތަކުން ދައްކަމުން އަންނަ ވާހަކަ ތަކުގެ ރައްދެވެ.
"ރޮޒައިނާ ކަހަލަ ފަނި ފަކްސާ އިންގެ މޫނަށް ކުޅު ޖަހަން ޖެހެނީ ކަމެއް ވެގެން. އަދި ރޮޒައިނާ އުޅުއްވަނީ އައްޑޫ އެމްޑީޕީ "ފުނޑާލާނަމޭ" ހިތަށް އަރުވައިގެން. އޭނާ މަޖިލީހަށް ހޮވިވަޑައިގަތީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވޯޓު ވިއްކަވައިގެންނެވެ" އެ ޓްވީޓަށް އާންމު ފަރާތަކުން ކުރި ކޮމެންޓުގައި ވެއެވެ. ނިހާނަށް ފާޑު ވިދާޅުވެ ރޮޒައިނާ ވާހަކަ ދެއްކެވީ އެ ވާހަކަތަކައް ރައްދު ދިނުމުގެ ގޮތުންނެވެ.
އެ ކޮމެންޓަށް ރަައްދު ދެއްވަމުން ރޮޒެއިނާ ވަނީ އަސްލަމަށް ވޯޓު ހޯއްދަވާ ގޮތަކީ އެއީތޯ ސުވާލު ކުރައްވާފައެވެ. އަދި އޭނާގެ މޫނަށް ކުޅު ޖައްސަވަން ޖެހިވަޑައިގެންނެވީ ކަމެއް ވެގެން ކަމަށް ވާނަމަ، އަވަހަށް ކުޅުޖަހަން އައުމަށް ރޮޒައިނާ ވިދާޅުވެފައިވެއެވެ.
ރޮޒެއިނާގެ މޫނަށް ކުޅުޖެހި ވާހަކައަކީ 2016 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހުގެ ތެރޭގައި ރޮޒައިނާއާ ނިހާނާ ދެމެދު ހިނގި ދެބަސްވުމެއްގެ ތެރޭގައި މޭޒުމަތީގައި ހުރި ފެންތަށި ނަންގަވާ ފެންފޮދެއް ހިތްޕެވުމަށްފަހު ރޮޒައިނާގެ މޫނަށް ނިހާންގެ އަނގައިގައި ހުރި ފެން ޖެއްސެވި ކަމަށް ބުނާ ވާހަކައެވެ. އޭގެ ބަދަލުގައި ރޮޒެއިނާ އެދުވަހު ވަނީ، ފުޅީގައި ބާކީ ހުރި ފެންތަށް ނިހާނުގެ މޫނަށް ޖަހާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ