މާލޭގައި ދިރިއުޅޭ މަޑުއްވަރީ ދާއިރާގެ ރައްޔިތުން ވޯޓުލާން ޖެހޭ ފޮށި ބެހެއްޓިފައިވަނީ ޖަމާލުއްދީން ސްކޫލްގައި

މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި މާލޭގައި ދިރިއުޅޭ މަޑުއްވަރީ ދާއިރާގެ ރައްޔިތުން ވޯޓުލުމަށް ހަމަޖެހިފައިވަނީ ޖަމާލުއްދީން ސްކޫލްގައި ބެހެއްޓިފައިވާ ވޯޓުފޮށްޓަކަށެވެ.
 
އެގޮތުން މި ފޮށި ބެހެއްޓިފައި ހުންނާނީ ޖަމާލުއްދީން ސްކޫލުގެ 10 އޭ ކުލާހުގައެވެ. ސްކޫލަށް ވަނުމަށް ހަމަޖެހިފައިވަނީ ރަށްދެބައި މަގުން އެއް ނަމްބަރު ދޮރޯށިންނެވެ. މި ފަހަރުގެ އިންތިހާބުގައި މަޑުއްވަރީ ދާއިރާއަށް ޖުމްލަ 5 ކެންޑިޑޭޓުން ވާދަކުރާނެއެވެ. އެއީ ޖުމުހޫރީ ޕާޓީގެ ކެންޑިޑޭޓު އަދި މިހާރުވެސް މަޑުއްވަރީ ދާއިރާގެ ގޮނޑި ފުރުއްވަމުން ގެންދަވާ މުހައްމަދު އަމީތު، ޕީ.އެން.ސީގެ ކެންޑިޑޭޓު އަދި ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް، އެމް.ޓީ.ޑީގެ ކެންޑިޑޭޓު އަދި ވެލިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޔާމީން، އަމިއްލަ ކެންޑިޑޭޓު ހުސެއިން ޝިހާމް އަދި އެމް.ޑީ.ޕީގެ ކެންޑިޑޭޓު އާދަމް ޝިހާމްއެވެ.
 
މާދަމާގެ ވޯޓުލުން ފެށުމަށް ހަމަޖެހިފައިވަނީ ހެނދުނު 8:00 ގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ