ކޮވިޑް-19: 4،721 ސާމްޕަލްއިން ޕޮޒިޓިވްވީ 103 ކޭސް
ފާއިތުވެދިޔަ 24 ގަޑިއިރު ތެރޭ ރާއްޖެއިން ކޮވިޑަށް ޓެސްޓުކުރަން ނެގި 4،721 ސާމްޕަލްގެ ތެރެއިން ޕޮޒިޓިވްވީ 103 ސާމްޕަލްކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކުވައިދީފިއެވެ. އެޗްޕީއޭއިން ބުނިގޮތުގައި މިއަދު ޕޮޒިޓިވްވި 103 އާ ކޭސްއާއެކު ރާއްޖޭގެ ޖުމްލަ އެކްޓިވް ކޭސްތަކުގެ އަދަދު މިވަނީ 1،607 އަށް އަރައިފައެވެ. އެއާއެކު ރާއްޖެއިން ޕޮޒިޓިވްވި ޖުމްލަ އަދަދުވެސް މިވަނީ 80،539 އަށް އަރައިފައެވެ. މިއަދު ޕޮޒިޓިވްވި ކޭސްތަކުގެ ތެރެއިން މާލެއިން ފެނުނީ 20 ކޭސްއެވެ. އަދި އަތޮޅު ތެރެއިން ފެނުނީ 68 ކޭސްއެވެ. ރިސޯޓުތަކުން ވަނީ 15 ކޭސް ފެނިފައެވެ. މިވަގުތު ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުން ދަނީ ޖުމްލަ 11 މީހަކަށެވެ. އެޗްޕީއޭގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި ފާއިތުވެދިޔަ 24 ގަޑިއިރު ތެރޭ ރާއްޖެއިން އިތުރު 180 މީހަކު ވަނީ ބަލިން ރަނގަޅުވެސް ވެފައެވެ. އެއާއެކު ރާއްޖެއިން ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ އަދަދުވެސް މިވަނީ 78،694 އަށް އަރައިފައެވެ. މިއަދު ދެ ރަށެއް ވަނީ ބަލީގެ ކޭސްތަކެއް ފެނުމުގެ ސަބަބުން މޮނިޓަރިންއަށް ލައިފައެވެ. އެ ދެ ރަށަކީ ލ. މުންޑޫ އަދި ށ. މިލަންދޫއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ