މޫސުން ގޯސްވެ އުތުރަށް އޮރެންޖް އެލާޓް

މޫސުން ގޯސްވެ އުތުރުގެ އަތޮޅަކަށް އޮރެންޖް އެލާޓް ނެރެފިއެވެ.
މެޓް އޮފީހުން މި އެލާޓް ނެރެފައިވަނީ ހއ.އަތޮޅުން ފެށިގެން ކ.އަތޮޅާއި ހަމައަށް މިރޭ 9 ޖެހުމާ ހަމައަށެވެ.
އެގޮތުން މި ވަގުތުތަކުގެ ތެރޭގައި ބޯކޮށް ވާރޭވެހި ފެން ބޮޑުވެދާނެ ކަމަށް ލަފާކުރެވޭ ކަމަށާއި އަދި ގަޑިއަކު 34 މޭލާއި 40 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި ވިލާގަނޑުގައި 55 މޭލަށް ވައިގަދުމަކީ އެކަށީގެންވާ ކަމެއް ކަމަށް މެޓް އޮފީހުން ލަފާކުރެއެވެ. އަދި ކަނޑުތައް ގަދަވެ، ރާޅު އެރުމަކީ ވެސް އެކަށިގެންވާ ކަމެއް ކަމަށް ލަފާކޮށްފައިވެއެވެ.
އޮރެންޖު އެލާޓް ނެރެނީ އެއް ގަޑިއިރު ތެރޭގައި 90 މިލިމީޓަރުގެ ވާރޭވެހި، ގަޑިއަކު 63 މޭލަށް ވައި ޖެހުމުންނެވެ. އަދި އާދަޔާ ހިލާފަށް ބާރަށް ގުގުރުން ނުވަތަ ގުގުރާފާނެ ކަމަށް ލަފާކުރުމުގެ އިތުރުން ވައި ޖެހޭ މިންވަރު 34 މޭލާ 42 މޭލާ ދެމެދުގައި ހުންނާނެ ކަމަށް ލަފާކުރެވޭނަމަ ވެސް އޮރެންޖް އެލާޓް ނެރެއެވެ.
މި ދުވަސްވަރަކީ ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސް ދުވަސްވަރެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ