މިއަދު 10:00އިން 11:30އަށް ކަރަންޓް ކެނޑޭނެ

މާލޭގެ ބައެއް ސަރަހައްދުތަކުން މިއަދު ހެނދުނު 10:00ފެށިގެން 11:30އަށް ކަރަންޓް ކެނޑޭނެކަމަށް ސްޓެލްކޯއިން ވިދަޅުވެއްޖެއެވެ.
ސްޓެލްކޯއިން ވިދަޅުވީ އެ ކުންފުނިން ކޮންމެހެން ކުރަންޖެހޭ މަސައްކަތްތަކެއް ކުރުމަށްޓަކައި ލޮނުޒިޔާރަތް މަގާއި ރާދަފަތި ހިނގުން ހިމެނޭ ސަރަހައްދުން މިއަދު ހެނދުނު 10:00 އިން 11:30 އާއި ދެމެދު ކަރަންޓް ކަނޑާލެވޭނެކަމަށެވެ. އަދި ރަށްދެބައި މަގާއި ނީލޯފަރު މަގުގެ އިތުރުން ލިލީ މަގު ހިމެނޭ ސަރަހައްދުން 10:00 އިން 11:00އަށް ކަރަންޓު ކެނޑުމަކީ އެކަށީގެންވާ ކަމެއްކަމަށެވެ.
މި ސަރަޙައްދުތަކުން ކަރަންޓު ކަނޑާލުމަށް ނިންމާފައިވަނީ އެ ސަރަޙައްދުގައި ހިމެނޭ ކޭބަލްއާއި ޑިސްޓުރިބިއުޝަން ބަދަލުކުުރމުގެ މަސައްކަތް ކުރުމަށްކަމަށް ސްޓެލްކޯއިން ވިދާޅުވެއެވެ. އަދި ގާތްގަޑަކަށް 200އެއްހައި ގެއިން އެ ވަގުތުތަކުގައި ކަރަންޓު ކެނޑޭނެކަަމަށް ސްޓެލްކޯއިން ވިދާޅުވެއެވެ. ސެޓެލްކޯއިން ވިދާޅުވީ އެމަސައްކަތް ކުރުމަށް ގާތްގަޑަކަށް 1 ގަޑިއިރު ހޭދަވާނެކަމަށާއި މަސައްކަތް ނިމުނުހާ އަވަހަކަށް ކަރަންޓް ފޯރުކޮށްދޭނެކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ