ހައްޔަރުކުރާ މީހުން ބައިތިއްބާ ރަށެއް ކަމުގައިވާ ކ.ދޫނިދޫގައި ކޯޓު ރޫމެއް ހެދުމުގެ މަސައްކަތް ފަށާފައިވާ ކަމަށާއި އެކަން ކުރަނީ ވަކި މީހަކަށް ޓާގެޓް ކޮށްގެން ނޫން ކަމަށް ކްރިމިނަލް ކޯޓުން ބުނެފި އެވެ.
ބައެއް މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް އަހުމަދު މުހައްމަދު މަނިކު ވިދާޅުވީ އެ މަސައްކަތް މިހާރު ކުރިއަށް ދާ ކަމަށާއި ކުރިއަށް އޮތް ތާނގައި އަތޮޅުވެހީގައިވެސް ކޯޓު ރޫމެއް ހެދުމަށް ނިންމާފައި ވާކަމަށެވެ.
މަނިކު ވިދާޅުވެފައިވަނީ އެކަމަކީ ކުރިންވެސް ކްރިމިނަލް ކޯޓުްނ ކުރަން އުޅުނު ކަމެއް ކަމަށާއި އެ ކަން ކުރުމަށްޓަކައި ކަމާބެހޭ ގަވާއިދެއް އެކުލަވާލައި އެ ކޯޓުގެ ގާޒީންގެ މަޖިލީހުން މީގެ ކުރިން ފާސްވެސް ކޮށްފައި ވާކަމަށެވެ.
މަނިކު އިތުރަށް ވިދާޅުވީ މިކަމުގެ ސަބަބުން ދައުލަތުގެ ބަޖެޓަށްވެސް ވަރަށް ބޮޑު ލުޔެއް އަންނާނެ ކަމަށެވެ.
ދޫނިދޫގައި ކޯޓު ރޫމެއް ހެދުމުގެ މަސައްކަތް ފަށާފައިވާއިރު ރިޔާސީ ލޯންޗުކޮޅުގައި ބޮން ގޮއްވި މައްސަލައިގާ ގައުމަށް ގައްދާރު ވި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ބަންދުގެ މުއްދަތު ދެ ފަހަރަކަށް އިތުރު ކޮށްފައިވާއިރު ދެ ފަހަރުވެސް ބަންދުގެ މުއްދަތު އިތުރު ކޮށްފައިވަނީ ކްރިމިނަލް ކޯޓާއި ވީޑިއޯ ލިންކަކުން ގުޅާލައިގެންނެވެ.
ދޫނިދޫގައި ކޯޓުރޫމެއް ހަދަނީ، އެކަން ކުރަނީ ވަކި މީހަކަށް ޓާގެޓް ކޮށްގެން ނޫން ކަމަށް ކްރިމިނަލް ކޯޓުން ބުނޭ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ