ގ. ރީފް މުހައްމަދު ނަބީލް މެރުމަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ ހުކުމަށް ހައިކޯޓުން މިއަދު ތާއީދުކޮށްފި އެވެ.
ނަބީލް މެރުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ 2010 ވަނަ އަހަރު އެވެ. އޭނާ މެރުމަށް ހުކުމްކުރީ 2009 ވަނަ އަހަރުގެ މާޗް މަހުގެ ތެރޭގައި ސ. ހުޅުދޫ ލިލީމާގޭ އަބްދުﷲ ފަރުހާދަށް ވަޅިން ހަމަލާދީ އޭނާ މަރާލުމާއި ގުޅިގެންނެވެ.
މިމައްސަލަ ހައިކޯޓުގައި އިސްތިއުނާފް ކުރިތާ ފަސް އަަހަރު ފަހުން މިއަދު ހުކުމްކޮށްފައިވާއިރު މި މައްސަލާގައި ހައިކޯޓުން ހުކުމް ކުރުން ލަސްވެގެން ނަބީލްގެ ހައްގުތަކެއް ގެއްލިގެންދާ ކަމަށް ބުނެ އޭނާގެ ގާނޫނީ ވަކީލު މީގެ ކުރިން ވަނީ ކޯޓުގައި ޝަކުވާ ކޮށްފަ އެވެ.
ހައިކޯޓުގައި މިމައްސަލައިގެ އަޑުއެހުންތައް ނިންމާލީ މިދިޔަ މަހުގެ 27 ވަނަ ދުވަހު އެވެ.
ނަބީލް މެރުމަށް ކްރިމިނިލް ކޯޓުން ކުރި ހުކުމަށް ހައިކޯޓުން މިއަދު ތާއީދުކޮށްފައިވާއިރު މިމައްސަލާގައި އިތުރު ދެ މީހެއްގެ މައްޗަށް ވެސް މަރުގެ ދައުވާ އުފުލި އެވެ. ނަމަވެސް އެ މީހުންގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ކޯޓުން ވަނީ ހުކުމްކޮށްފަ އެެވެ. އެކަމަކު އެހެން ދައުވާއެއް ސާބިތުވުމާ ގުޅިގެން އެ ދެ މީހުން ހަތަރު އަހަރަށް ޖަލަށް ލުމަށް ހުކުމްކުރި އެވެ.
ނަބީލް މެެރުމަށް ދަށު ކޯޓުން ކޮށްފައިވާ ހުކުމަށް ހައިކޯޓުން ތާއީދުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ