ލާލޭ ޔޫތް އިންޓަނޭޝަނަލް ސްކޫލު ހިންގުމަށް ކުއްޔަށް ދީފައިވާ އިމާރާތުގެ މުއްދަތު ހަމަވުމުން އެ ތަން އަލުން ބީލަމަށް ލުމަށް ނިންމައިފި އެވެ.
މިކަން ނިންމަވާފައިވަނީ އެޑިޔުކޭޝަން މިނިސްޓްރީން ލާލޭ ޔޫތް އިންޓަނޭޝަނަލް ސްކޫލުގެ ބެލެނިވެރިންނާ މިއަދު ބައްދަލުކުރުމަށްފަހު އެވެ.
ލާލޭ ޔޫތް އިންޓަނޭޝަނަލް ސްކޫލު ހިންގަމުންދަނީ ބިޒް އެޓޯލްގެ ފަރާތުންނެވެ. އެޑިޔުކޭޝަން މިނިސްޓްރީން ހުޅުމާލެއިން 25 އަހަރަށް ބިމެއް ބިޒް އެޓޯލްއަށް ހަވާލުކޮށް އެތަނުގައި އިންޓަނޭޝަނަލް ސްކޫލެއް ހަދަައިގެން ހިންގަން ހަވާލުކުރީ 2008 ވަނަ އަހަރުގައެވެ. ނަމަވެސް މިއަދާ ހަމައަށްވެސް ސުކޫލެއް އަޅާފައި ނުވާއިރު ލާލޭ ޔޫތް އިންޓަނޭޝަނަލް ސްކޫލު ހިންގަމުން ދަނީ ހުޅުމާލޭގައި އެންމެ ފުރަތަމަ ސަރުކާރުން އިމާރާތް ކުރި ފަރީދިއްޔާ ސުކޫލުގަ އެވެ.
އެޑިޔުކޭޝަން މިނިސްޓްރީން އިއްޔެ ބުނި ގޮތުގައި ފާއިތުވި އަށް އަހަރު ފަރީދިއްޔާ ސްކޫލު ހިންގި ތަނުގައި ލާލޭ ޔޫތް އިންޓަނޭޝަނަލްސްކޫލު ހިންގުމަކީ އެ ސުކޫލަށް އަލުން އެބިން ދޭން ޖެހޭ ސަބަބެއް ކަމަށް މިނިސްޓްރީން ނުދެކެއެވެ.
މިއިމާރާތް އަލުން ބީލަމަށް ލުމުން ބިޑް ހުށަހަޅައިގެން ބީލަން ލާލޭއިން ކާމިޔާބު ކުރެވޭނެ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ބުންޏެވެ.
މުއްދަތު ހަމަވުމުން ލާލޭ ސްކޫލް އަލުން ބީލަމަށް ލުމަށް ނިންމައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ