ސްކޫލް ކުއްޖެއްގެ ފޯނު ފޭރުމުގެ މައްސަލައަކާ ގުޅިގެން ދެ މީހަކު ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.
ފުލުހުން ބުނެފައިވަނީ މިދެ މީހުންނަކީ ފުލުހުންނަށް ހުށަހެޅި ތަހުގީގު ކުރަމުންދާ ފޭރުމުގެ މައްސަލައަކާ ގުޅިގެން ހޯދަން ބޭނުންވެ، މިހާތަނަށް ފުލުހުން ކުރި މަސައްކަތުން ކޮން ބައެއްކަން ދެނެގަނެވިފައި ނުވާތީ ހޯދައި ނުފެނިފައިވާ ދެ މީހުންކަމަށެވެ.
މިކަމާގުޅިގެން ފުލުހުން އާންމުކޮށްފައިވާ ވީޑިއޯ ފުޓޭޖުން ފެންނަ ސައިކަލުގައި ދާ ދެ މީހުން ވަނީ 2016 މާރޗް 29 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ފަޅުމަތީމަގުން ހިނގާފައިދިޔަ ސްކޫލް ކުއްޖެއްގެ ފޯނު ފޭރިގަނެފައެވެ.
މިދެ މީހުންނާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ އެ މަޢުލޫމާތެއް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ހޮޓްލައިން ނަމްބަރު 3322111 ނުވަތަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާރޓްމަންޓުގެ ނަމްބަރު 9631696 އަށް ގުޅުއްވައި ހިއްސާކުރެއްވުން ފުލުހުން ވަނީ އެދިފައެވެ.
މިފަދަ މައްސަލަތަކާ ގުޅިގެން މަޢުލޫމާތު ދޭ ފަރާތްތަކުގެ މަޢުލޫމާތު ސިއްރުކޮށްދޭނެކަމުގެ ޔަޤީންކަން އަރުވާކަމަށް ފުލުހުން ބުނެފައިވެއެވެ.
އަދި މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެހީތެރިކަން ފާހަގަކޮށް މި ފުލުހުން ވަނީ ޝުކުރު ދަންނަވާފައެވެ.
ސްކޫލް ކުއްޖެއްގެ ފޯނު ފޭރުނު ދެ މީހަކު ހޯދަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ