ކްރިމިނަލް ކޯޓު ހިންގުމާ ހަވާލުވެ ހުންނެވި ގާޒީ އަބްދުލްބާރީ ޔޫސުފްގެ ފޮޓޯއެއް ނެގި ކަމަށް ބުނެ، ގައުމީ ފުޓުބޯޅަ ޓީމުގެ ކުޅުންތެރިޔާ އައްސަދު އަލީ (އަޑުބަރޭ) ހައްޔަރުކުރީ ގާނޫނާ ހިލާފަށް ކަމަށް އެމްޑީޕީން މިއަދު ބުނެފި އެވެ.އަޑުބަރޭ ހައްޔަރުކުރުން ކުށްވެރިކޮށް އެމްޑީޕީން ނެރުނު ބަޔާނުގައި ބުނީ ފަނޑިޔާރެއްގެ ފޮޓޯ ނެގުމަކީ ޖިނާއީ ކުށަކަށް ނުވާ އިރު ފޮޓޯއެއް ނެގިކަމަށް ބުނެ ކޯޓު އަމުރު ނެރެގެން ދަންވަރު މީހުން ހައްޔަރު ކުރުމަކީ އިންތިހާ އަށް ކަންބޮޑުވާ ކަމެއް ކަމަށެވެ. އަދި އެކަމަކީ ރައްޔިތުންނަށް ބިރުދެއްކުމަށް ހިންގާ ޣައިރު ގާނޫނީ އަމަލެއް ކަމަށް ވެސް ބަޔާނުގައިވެ އެވެ."ފަނޑިޔާރެއްގެ ފޮޓޯއެއް ނެގުން ފަދަ ޖިނާއީ ކުށަކަށް ނުވާ ކަންކަމުގައި ކޯޓު އަމުރު ނެރެގެން ދަންވަރު މީހުން ހިފައި ހައްޔަރުކުރާ އިރު، ޖިނާއީ ބޮޑެތި ކުށްތައްކަށްވާ އެހެން މައްސަލަތައް މި ރާއްޖޭގެ ޖިނާއީ އަދުލުގެ ނިޒާމުގެ ބޭނުން ނާޖާއިޒު ގޮތުގައި ހިފައިގެން ނުބެލި ހުންނަކަން ފާހަގަ ކުރަމެވެ،" އެމްޑީޕީގެ ބަޔާނުގައިވެ އެވެ. "މިއީ އިންސާފުގެ ހަމަހަމަކަމެއް ނެތް ކަމާއި ނާއިންސާފާއި ރައްޔިތުންނަށް ބިރުދެއްކުން އިންތިހާ އަށް ގޮސްފައިވާ ކަން ހާމަވާ ކަމެކެވެ."އެމްޑީޕީން ބުނީ އިދިކޮޅު ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ މެމްބަރުންނާއި ޕާޓީތަކުގެ އިސް ވެރިންނާއި ނޫސްވެރިންގެ އިތުުުރުން މަދަނީ ޖަމިއްޔާތަކުގައި މަސައްކަތް ކުރާ މީހުންނަށް ފޮނުވާ މަރުގެ އިންޒާރުތަކުގެ މައްސަލަ ނުބަލާތީ ކަންބޮޑުވާ ކަމަށެވެ. އެ މައްސަލަތައް ނުބަލައި ފަނޑިޔާރެއްގެ ފޮޓޯއެއް ނެގި މައްސަލަ ބެލުމުން ދޭހަވަނީ، އެހެން ރައްޔިތުންނަށް ދެމުންދާ ހަމަލާތަކާއި މަރުގެ އިންޒާރުތައް ތަހުގީގުކޮށް ނުބަލަނީ ގަސްތުގައި ކަމެވެ.އެމްޑީޕީގެ ބަޔާނުގައި ވަނީ އަޑުބަރޭ ދޫކޮށްލަން ގޮވާލައިފަ އެވެ. އަޑުބަރޭ ހައްޔަރުކުރީ، ގާޒީ
ބާރީގެ ފޮޓޯއެއް ނެގި ކަަމަށް ވިދާޅުވެ، އެ މައްސަލަ ބަލައި ދިނުމަށް ބާރީ
ފުލުސް އޮފީހަށް ހުށަހެއްވުމާ ގުޅިގެންނެވެ.ފުލުހުންނަށް ގާޒީ ބާރީ ހުށަހެޅުއްވި ސިޓީގައި ވިދާޅުވީ ޖަސްޓިސް ބިލްޑިންގް ކައިރީ އޮންނަ ގޯޅިގަނޑެއްގައި މިދިޔަ ބުރާސްފަތި ދުވަހު ހަވީރު އޭނާ ހުންނަވަނިކޮށް، ސައިކަލެއްގައި ދިޔަ މީހަކު، "ކަލޭމެން ގާޒީން ކަންތައް ކުުރާ ގޮތް އަހަރުމެންނަށް އެނގެއޭ" ބުނެ ބާރީގެ ފޮޓޯ ނަގާފައިވާ ކަމަށެވެ. އެ ސިޓީގައި ބާރީ ވިދާޅުވި ގޮތުގައި އެ މީހާ ފޮޓޯ ނަގާފައި ވަނީ "ކަލޭގެ ފޮޓޯ ނަގަން އެބަ ޖެހެއޭ، ކަލޭމެން ގާޒީން ކަންތައް ކުުރާ ގޮތް
އަހަރުމެންނަށް އެނގެއޭ، ކަލޭމެން ހަދާ އެއްޗެއް ހަދާށޭ، ތިމަންނަ ކަލޭގެ
ފޮޓޯ ނަގާނަމޭ" ބުނެ އެވެ.ކްރިމިނަލް ކޯޓުގެ ފަރާތުން ބާރީ
ސޮއިކުރައްވައި ފުލުހުންނަށް މައްސަަލަ ހުށަހަޅުއްވާފައި ވަނީ ނުރުހުމުގައި
ބާރީގެ ފޮޓޯ ނަގައި އިންޒާރު ދިން ކަމަށް ވިދާޅުވެ އެވެ. އަދި
ކޯޓުގެ ހުރުމަތް ރައްކާތެރިކުރުމާ ބެހޭ ގަވައިދުގެ ދަށުން ނުވަތަ އެހެން
ގާނޫނެއްގެ ދަށުން ވިޔަސް އެ މީހާއާ މެދު ފިޔަވަޅު އަޅައިދިނުމަށް ފުލުސް
އޮފީހުގައި އެދިވަޑައިގެންފައިވެ އެވެ
ގާޒީ ބާރީގެ ފޮޓޯ ނެގި ކަމަށް ބުނެ އަޑުބަރޭ ހައްޔަރުކުރީ ގާނޫނާ ހިލާފަށް: އެމްޑީޕީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ