ޕޮލިސް ޑައިވިން ސްކޫލް ހުޅުވައިފި

ޕޮލިސް ޑައިވިން ސްކޫލް މިއަދު ކ. ދޫނިދޫގައި ހުޅުވައިފި އެވެ.މި ޑައިވިން ސްކޫލް ހުޅުވައިދެއްވީ ހޯމް މިނިސްޓަރު އުމަރު ނަސީރެވެ. މި ސްކޫލް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި އުމަރު ވިދާޅުވީ، މެރިން ޕޮލިހުން ކަނޑުމަތީގެ ރައްކާތެރިކަމާއި ސަލާމަތްތެރިކަމަށް ހުޅުވަމުންދާ ދޮރުތަކަކީ މުހިއްމު ދޮރުތަކެއް ކަމަށެވެ.މިނިސްޓަރު ވިދާޅުވީ، މި ޑައިވިން ސްކޫލް ހުޅުވުމުން ރާއްޖޭގެ ޑައިވިން ދާއިރާގައި މަސައްކަތް ކުރާ ހުރިހާ ފަރާތްތަކަށް ވެސް ފައިދާ ކުރާނެ ކަމަށެވެ. މިއަދު އާދައިގެ ގޮތަކަށް ޑައިވިން ސްކޫލުް ހުޅުވުނަސް ކައިރި މުސްތަގުބަލެއްގައި ރަނގަޅު ފެންވަރެއްގެ ސްކޫލެއް ހުޅުވިގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.މި ޑައިވިން ސްކޫލުގެ ތަމްރީނުތައް ރާއްޖޭގެ އެކި ކަންކޮޅަށް ފުޅާކޮށްދެއްވުމަށް ވެސް މިނިސްޓަރު ވަނީ އެދިވަޑައިގެންފަ އެވެ.ފުލުހުންގެ މީޑީއާ އޮފިޝަލް ވިދާޅުވި ގޮތުގައި، މި ޑައިވިން ސްކޫލުގެ ތަމްރީނުތަކުގައި ފުލުހުންނާއި އާއްމުންނަށް ވެސް ބައިވެރިވެވޭނެ އެވެ.މިއަދު ބޭއްވި ރަސްމިއްޔާތުގައި ވަނީ މިދިޔަ ޑިސެމްބަރުގައި ފުލުހުން ހިންގި ލޯންޗް ޑްރައިވިން ކޯހުގެ ބައިވެރިންނަށް ހަނދާނީ ލިޔުން ހަދިޔާ ކޮށްދެއްވާފަ އެވެ.މި ރަސްމިއްޔާތުގައި ޕޮލިސް ކޮމިޝަނާ ހުސެއިން ވަހީދުގެ އިތުރުން ފުލުހުންގެ އިސް އޮފިޝަލުން ބައިވެރިވަޑައިގަތެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ