ހުޅުމާލޭގެ އެކިހިސާބުތަކުން ކަރަންޓު ކެނޑެނީ

ހުޅުމާލޭގެ އެކި ހިސާބުތަކުން ކަރަންޓު ކެނޑެން ފަށައިފިއެވެ.
މިގޮތަށް ކަރަންޓު ކެންޑެން ފެށުމުން ޢާންމުންގެ ގިނަބަޔަކަށް އެކަމުގެ އުނދަގޫ ކުރިމަތވެފައިވާ އިރު، ސްޓެލްކޯ އިންބުނީ އިންޖީނުތަކަށް ޓެކްނިކަލް މައްސަލަތަކެއް ދިމާވެގެން އުޅޭކަމަށާއި އެމައްސަލަ ހައްލުކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ.
މާލޭގެ އެއްއަވަށް ކަމަށްވާ ހުޅުމާލޭގެ ބައެއް ރައްޔިތުންބުނީ ރޭ ދަންވަރުވެސް ކަރަންޓު ދިޔަކަމަށާއި އެފަހަރު ކަރަންޓު އައީ ގާތްގަޑަކަށް  45 ވަރަކަށް މިނެޓުފަހުން ކަމަށެވެ. އަދި މިއަދު ހެނދުނުވެސް އިރުކޮޅުކޮޅާ ކަރަންޓުދާ ކަމަށްވެސް އެފަރާތްތަކުން ބުނެއެވެ.
ގާތްގަނޑަކަށް 30،000 މީހުންގެ އާބާދީއެއް އޮންނަ ހުޅުމާލެއިން މިދިޔަ ހުކުރު ދުވަހުގެ ރޭވެސް ވަނީ ކަރަންޓު ކަނޑައިގެން ގޮސްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ