ދިވެހި ފުލުހުންނަށްޓަކައި ދިވެހި ޤައުމު ފަހުރުވެރިވާ ކަމަށް ކުރީގެ ރައީސް އަލްއުސްތާޒް މައުމޫން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ޖަލުން ފިލި ދެގައިދީން ފުލުހުންގެ މަސައްކަތުން ހޯދާ އެދެމީހުން ހައްޔަރު ކުރުމާއި ގުޅިގެން ކުރެއްވެވި ޓްވީޓެއްގައެވެ.
ޖަލުން ފިލި ގ.ކޯޒީ އިބްރާހިމް ޝަހުމް ހައްޔަރުކުރިތާ ކުޑަވަގުތުކޮޅެއް ފަހުން ރައީސް މައުމޫން ކުރެއްވެވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ޖަލުން ފިލި ދެގައިދީން ހައްޔަރުކޮށްފައި ވާތީ އެކަމަށްޓަކައި ފުލުހުންނަށް މަރުޙަބާ ދަންނަވާ ކަމަށެވެ.
އަދި ރައީސް މައުމޫން މިރޭ ކުރެއްވެވި އެހެން ޓްވީޓެއްގައި ވަނީ ދެގައިދީން ހައްޔަރުކުރުމުން އެކަމަށްޓަކައި ހޯމް މިނިސްޓަރ އުމަރު ނަސީރު އަށް ވެސް މަރުޙަބާ ދަންނަވާފައެވެ.
ފުލުހުންނަށްޓަކައި ދިވެހި ޤައުމު ފަހުރުވެރިވޭ – ރައީސް މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ