ޗިލީގެ މައްޗަށް ކުރި ހޯދާ ޖަރުމަން ކޮންފެޑެރޭޝަންސް ކަޕް ކާމިޔާބު ކޮށްފި

ފައިނަލުގައި 1-0 ގެ ނަތިޖާއަކުން ޗިލީގެ މައްޗަށް ކުރި ހޯދާ ޖަރުމުނުގެ ޒުވާން ސްކޮޑުން ކޮންފެޑެރޭޝަންސް ކަޕް ކާމިޔާބު ކޮށްފިއެވެ.
ފޯރި ގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ފެނިގެން ގޮސްފައިވަނީ އެންމެ ލަނޑެކެވެ. މެޗުގެ ފުރަތަމަ ހާފްގެ ކުޅުން ފެށިގެން 20 ވަނަ މިނެޓުގައި ޖަރުމަނު ޓީމުގެ ލާސް ސްޓިންޑްލް ކާމިޔާބު ކޮށްދިން ލަނޑުވެގެން ގޮސްފައިވަނީ މެޗުގައި ފެނިގެން ދިޔަ ހަމައެކަނި ލަނޑަށެވެ.
ދެ ޓީމު ބައްދަލު ކުރި މި މެޗުގައި ޖަރުމަނުން ރަނގަޅަށް ކުޅެ ގިނަ ފުރުސަތު ތަކެއް ހޯދި ކަމުގައި ވީނަމަވެސް ޗިލީއަށް ވެސް ވަނީ ގޯލު ޖެހުމުގެ ރަނުގެ ފުރުސަތުތަކެއް ލިބިފައެވެ. މި މުބާރާތުގައި ފިނަލަށް ޗިލީ ދަތުރު ކޮށްފައިވަނީ ސެމީގެ ޔޫރޮޕިއަން ޗެމްޕިއަން ޕޯޗުގަލް ބަލި ކުރުމަށް ފަހުއެވެ. އަދި ދުނިޔޭގެ މިވަތުގެ ޗެމްޕިއަން ޖަރުމަނުން މުބާރާތުގެ ފައިނަލަށް ދަތުރު ކޮށްފައިވަނީ ސެމީގައި މެކްސިކޯ ބަލިކޮށްށެވެ.
މުބާރާތުގައި ތިން ވަނަ ހޮވާ މެޗުގައި މެކްސިކޯގެ މައްޗަށް 2-1 ގެ ނަތީޖާއަކުން ކުރި ހޯދާ މުބާރާތުގެ ތިން ވަނަ ހޯދާފައިވަނީ ޕޯޗުގަލްއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ