ސުޕްރީމް ކޯޓުގެ ހުކުމް ރިވިއު ކޮށްދިނުމަށް ގޮވާލައިފި

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ޕާޓީ ބަދަލުކޮށްފި ނުވަތަ ޕާޓީން ވަކިވެއްޖެ ނުވަތަ ވަކިކޮށްފި ނަމަ މަޖިލީހުގެ މެމްބަރުކަމުގެ ގޮނޑި ގެއްލޭނެ ކަމަށް ސުޕްރީމް ކޯޓުން ކުރި ހުކުމް ރިވިއު ކޮށްދިނުމަށް އިދިކޮޅު ފަރާތްތަކުގެ ގާނޫނީ ވަކީލުން މިރޭ ގޮވާލައްވައިފި އެވެ.
މ. ކުނޫޒްގައި ކުރިއަށްދާ ނިއުސް ބްރީފިންގައި ގާނޫނީ ވަކީލުން ވިދާޅުވީ ސިޔާސީ ޕާޓީގެ ގާނޫނާއި ލާމަރުކަޒީ ގާނޫނަށް ބަލާއިރު، ސުޕްރީމް ކޯޓުގެ ހުކުމުގައި ފުށުއެރުންތަކެއް އެބަހުރި ކަމަށާއި, ސިޔާސީ ޕާޓީތަކާ ބެހޭ ގާނޫނުގެ 16 ވަނަ މާއްދާގެ (ބ) ގައި ބުނެފައި ވަނީ "ގާނޫނުއަސާސީ އާއި ގާނޫނުގައިވާ ގޮތުގެ މަތިން ދިވެހިރާއްޖޭގައި ބާއްވާ އިންތިޚާބެއްގައި ސިޔާސީ ޕާޓީއެއްގެ ޓިކެޓްގައި އިންތިޚާބުވެފައިވާ މީހަކު، ޕާޓީގެ ސުލޫކީ މިންގަނޑާ ހިލާފު ވެގެން ޕާޓީން ވަކިކުރި ކަމުގައި ވިޔަސް، އެ މީހަކު އިންތިހާބުގައިވާ މަގާމުގައި ދެމި ހުންނާނެ" ކަމަށެވެ.
އެހެންކަމުން އެހުކުމްގައި ތައާރަޒުތަކެއް ހުރުމުން، އެ ހުކުމް ސުޕްރީމް ކޯޓުގެ ފުލް ބެންޗުން މިރެއިން މިރެއަށް މުރާޖައާ ކޮށްދެއްވުމަށް އެދިވަަޑައިގަންނަވާ ކަމަށް ވަކީލުން ގޮވާލެއްވިއެވެ.
ވަކީލުން ވިދާޅުވީ ސުޕްރީމް ކޯޓުގެ ހުކުމާ ގުޅިގެން ޕީޕީއެމުން މިހާރު އަމިއްލަ އަށް ވަކިވެވަޑައިގެންފައިވާ 10 މެމްބަރުންނާއި މީގެ ކުރިން އެ ޕާޓީން ވަކިކޮށްފައިވާ ހަތަރު މެމްބަރުންގެ ގޮނޑި ނުގެއްލޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ