އިލެކްޝަންސް ކޮމިޝަނުން އެވަނީ ސުޕްރީމް ކޯޓަށް ގޮންޖަހާފައި، ބައި އިލެކްޝަން ބާއްވާކަށް ނުޖެހޭ : އިދިކޮޅު ކޯލިޝަން

އިލެކްޝަންސް ކޮމިޝަނުން ހަ ދާއިރާއެއްގެ ބައި އިލެކްޝަން އިއުލާން ކޮށްފައިވަނީ ސުޕްރީމް ކޯޓުގެ ނިންމުމަށް ގޮންޖަހާފައި ކަމަށާއި އެ ދާއިރާތަކުގެ ބައި އިލެކްޝަން ބާއްވަން ޖެހޭ ފަދަ ހާލަތެއް އައިސްފައިނުވާ  ކަމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބުނެފި އެވެ.
 
އިދިކޮޅު އިއްތިހާދުގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން ވިދާޅުވީ  އިލެކްޝަންސް ކޮމިޝަނުން ވަނީ ސުޕްރީމް ކޯޓުގެ ހުރުމަތް ކަނޑާލާފައި ކަމަށެވެ.
 
ތުލުސްދޫ ދާއިރާ، މަޑުއްވަރީ ދާއިރާ، ވިލިނގިލީ ދާއިރާ އަދި ދިއްދޫ ދާއިރާގެ ގޮނޑި ހުސްނުވާ ކަމަށް ކަނޑައެޅުމަށް ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލާގައި އެ ކޯޓުން ނިންމީ އެއީ ހުކުމެއް ނެރެން ޖެހޭ ފަދަ މައްސަލައެއް ނޫން ކަމަށެވެ. އަދި އެއީ މެމްބަރުކަން ގެއްލިފައިވާ  މައްސަލަ އާއިމެދު ހިލާފު އުފެދުމުން ސުޕްރީމް ކޯޓުން އެކަމުގައި ހުކުމެއް ނެރެން ޖެހޭ ފަދަ މައްސަލައެއް ނޫން ކަމަށް ނިންމާފައިވެއެވެ.. އެ ނިންމުން ނިންމުމާ ގުޅިގެން އިލެކްޝަންސް ކޮމިޝަނުން ވަނީ އެ ދާއިރާތަކުގެ ބައި އިލެކްޝަން ކުރިއަށް ގެންދިއުމަށް ނިންމާފަ އެވެ.
 
ގާނޫނީ ވަކީލު އަލީ ހުސެއިން ވިދާޅުވީ އިދިކޮޅު އިއްތިހާދުގެ ހުރިހާ ވަކީލުންނަށް ވެސް ހުކުމް ވަރަށް ސާފު ކަމަށާއި އިލެކްޝަންސް ކޮމިޝަނުން ބައި އިލެކްޝަން އިއުލާން ކޮށްފައިވާ ދާއިރާތަކުގެ ގޮނޑި ގެއްލުނު ކަމާމެދު ސުވާލު ވެސް ނުއުފެދޭ  ކަމަށެވެ.
 
" ސުޕްރީމް ކޯޓުން ވަރަށް ސާފުކޮން ބަޔާންކޮށްފައި އެބަ އޮތް 13 ޖުލައި 2017 ގެ ފަހުން ރައްޔިތުންގެ މަޖިލީހުގެ 85 މެމްބަރުންގެ ގޮނޑި ގެއްލޭނެ ފަދަ އެއްވެސް ސަބަބެއް މެދުވެރިވެފައިއެއް ނުވޭ. އެހެންވެގެންނޭ ކުރު ނިމުމެއްގެ ގޮތުގައި ވަގުތީ ނިންމުމެއްގެ ގޮތުގައި އެ ނިންމުން އެ ނިންމީ"  އަލީ ހުސެއިން ވިދާޅުވި އެވެ.
 
ގާނޫނީ ވަކީލު އަލީ ހުސެއިން ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުން މިއަދު ފެންނަނީ އެއްވެސް މިނިވަން ކަމެއް ނެތި މަސައްކަތްކުރާތަން ކަމަށެވެ. އަދި ސުޕްރީމް ކޯޓުގެ ނިންމުމަށް ފަހު ވެސް ބައި އިލެކްޝަން ބޭއްވުމަށް އެ ކޮމިޝަނުން ނިންމުމަކީ އެ ކޮމިޝަން މަސައްކަތް ކުރަނީ ރައީސް އަބްދުﷲ ޔާމިނާއި ސަރުކާރުން އަންގާހާ ގޮތަކަށް އަންގައިދޭ ހެއްކެތް  ކަމަށް ވިދާޅުވި އެވެ
 
" ރައީސް ޔާމިން ނުވަތަ ސަރުކާރުން އަންގާހާ ގޮތަކަށް ކަންކުރާކަމުގެ ވަރަށް ވަރުގަދަ ހެއްކެތް  ރޭގައި ( އާދިއްތަ ދުވަހުގެ ރޭ ) ވެސް އެ ފެނުނީ. ގާތްގަނޑަކަށް ހަތް ގަޑިބައިކަށްހާއިރު ސުޕްރިމް ކޯޓުގެ އެ ނިންމުންތައް އަޅުގަނޑުމެނަށް ލިބުނީ. އަޅުގަނޑުމެނަށް ފެނުނީ 10 ބައި ނުވަތަ 11 ޖަހަން ކައިރިވެފައި ހުއްޓާ ބައި އިލެކްޝަން ބާއްވަން ނިންމި ވާހަކަ. އެކަން ކަމާމެދު ބަހުސް ވެސް ކުރެވެން ޖެހޭނެ. އެކަމު މިކަހަލަ ކަންތައް ބަޔާންކޮށް ބަޔާނެއް ނެރުނީމަ އަޅުގަނޑުމެނަށް އެބަ އިނގޭ އެ ކޮމިޝަނުގެ މެމްބަރުން ތިއްބަވަނީ ކިހާ މިނިވަންކޮންކަން،" އޭނާ ވިދާޅުވި އެވެ.
އަދި އެހެންމެ އިލެކްޝަންސް ކޮމިޝަނުގެ ނިންމުން ބާތިލް ކުރާނެ ތަނެއް ނެތް ކަމަށް ސުޕްރީމް ކޯޓުން ނިންމާފައިވާ  ކަމަށް މާނަކުރާ މީހުންނަށް ރައްދު ދެއްވާ އޭނާ ވެސް ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުގެ ނިންމުމުގެ ވާހަކަ އޭގައި ނެތް ކަމަށެވެ.
 
 މީގެ އިތުރުން އިލެކްޝަންސް ކޮމިޝަނުން ބައި އިލެކްޝަން އިއުލާން ކޮށްފައިވާތީ ސުޕްރީމް ކޯޓުގެ ނިންމުން އިތުރަށް ތަފްސީލް ކުރުމަށް އިއްތިހާދުން ކުރާނެ ކަމެއް އަދި ނުނިންމާ ކަމަށް  އޭނާ ވިދާޅުވި އެވެ.
 
 
ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ 16 މާއްދާގެ (ބ) އުވާލަން އެ މައްސަލާގައި އެދިފައިވާއިރު އެކަމަށް ގޮތެއް ކަނޑައަޅާފައިނުވުމުގެ މާނައަކީ އެ މާއްދާ ރަނގަޅުވުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
 
 
މާމިގިނލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމަށް ބޭސްފަރުވާގެ އިންތިޒާމްތައް ހަމަ ޖައްސަދީފައިނުވާ  މައްސަލާގައި އަލީ ހުސެއިން ވިދާޅުވީ ސަރުކާރުން އަމަލު ކުރަނީ ހުކުމުގެ އެއްބަޔަށް ކަމަށެވެ.
 
" ގުރޭޑް ހަތަރެއްގައި  އުޅޭ ކުއްޖާއަށް ވެސް އެނގޭ މިންވަރަށްނޫންތޯ އެ އޮތީ ލިޔެފަ. އޮނަރަބަލް ގާސިމް އިބްރާހިމް ރާއްޖެއިން ބޭރަށް ފުރުމަށްޓަކައި ކުރަން ޖެހޭ ކަންތައްތައް ވީ އެންމެހާ އަވަހަށް ސަރުކާރުގެ އެންމެހާ އިދާރާތަކުން ހަމަ ޖައްސަން ޖެހޭނެ ކަމަށް،" އޭނާ ވިދާޅުވި އެވެ.
 
 
ކޮސް ވެއްޖެ
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ