ކޭބަލެއް ހަލާކުވެ ހުޅުމާލޭގައި ކަރަންޓު ނެތްތާ ތިން ގަޑިއިރު

ހުޅުމާލޭގައި ކަރަންޓް ފޯރު ކޮށްދިނުމަށް ސްޓެލްކޯއިން އަޅާފައިވާ ކޭބަލަކަށް މައްސަލަ ދިމާވުމާ ގުޅިގެން ގިނަ އިރުތަކަކަށް ކަރަންޓު ކެނޑިއްޖެ އެވެ. ސްޓެލްކޯ ހުޅުމާލޭ ބްރާންޗުން ބުނީ ކަރަންޓު ދިޔައީ ކޭބަލަކަށް ދިމާވި މައްސަލައަކާ ގުޅިގެން ކަމަށެވެ. އަދި ކަރަންޓު ލިބޭވަރުވާނީ މިރޭ 6:15 ހާއިރު ކަމަށް ސްޓެލްކޯއިން ބުންޏެވެ. ހުޅުމާލޭގައި ދިރިއުޅޭ މީހަކު ބުނީ ކަރަންޓު ދިޔަތާ މިހާރު ތިން ގަޑިއިރުވެފައިވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ