އިޢާދަ ކުރަނިވި ހަކަތައިން ކަރަންޓް އުފެއްދުމުގައި ދިވެހިރާއްޖެއިން މިއަހަރު ރެކޯޑް ހަދާނެއެވެ.
ރާއްޖޭގެ މާޒީއަށް ބަލައިފިނަމަ މިހައިތަނަށް ޤާއިމުކުރެވިފައިވަނީ ހަމައެކަނި 4 މެގަވޮޓްގެ އިއާދަ ކުރަނިވި ހަކަތަ އުފެއްދޭނެ ވަސީލަތްތަކެވެ.
2015 ވަނަ އަހަރުގެ ފަހުކޮޅު ޗައިނާގެ ކުންފުންޏަކާއި ދިވެހި ސަރުކަރާއިއެކު ވެފައިވާ އެއްބަސްވުމުގެދަށުން އިތުރު 4 މެގަވޮޓް ކަރަންޓް އުފެއްދުމުގެ މަޝްރޫއުތައް މިއަހަރު ތެރޭގައި ނިމި ކަރަންޓް ބޭނުންކުރަން ފަށާނެއެވެ.
މިމަޝްރޫއުތަކާއިއެކު މިއަހަރަކީ ރާއްޖޭގައި މިހާރު ހުރި އިޢާދަކުރަނިވި ހަކަތައިން ކަރަންޓް އުފައްދާ ވަސީލަތްތަކަށް ބަލާއިރު އަދަދު ދެގުނައަށް އިތުރުކުރެވިގެންދާނެ އަހަރެވެ.
އެންވަޔަރަންމަންތް މިނިސްޓަރ ޠާރިޤް އިބްރާހީމް ވިދާޅުވީ ބޭރުން ބައަކު އައިސް އަޅުގަނޑުމެންގެ ތިމާވެށި ހިމާޔަތްކޮށްދޭނެ ކަމަށް ބަލަން ނުތިބެ ރާއްޖެއިން މަސައްކަތް ކުރާނީ ރާއްޖެއަށް ކުރެވެން އޮތް ހުރިހައި މަސައްކަތްތަކެއް ކުރުމަށް ކަމަށެވެ.
ޠާރިޤް ވިދާޅުވީ ރާއްޖެއިން ކަންކަން ކުރަން ބޭނުންވި ނަމަވެސް ކަންކަން ކުރެވެން އޮތީ ތަރައްޤީވެފައިވާ ޤައުމުތަކުގެ އެހީތެރިކަމާއިއެކު ކަމަށެވެ. އެގޮތުން މާލީ އެހީ އާއި ފަންނީ އެހީ ރާއްޖެއަށް ވަރަށް ބޮޑަށް ބޭނުންވާކަން ޠާރިޤް ވަނީ ފާހަގަކުރައްވައިފައެވެ.
އިޢާދަކުރަނިވި ހަކަތައިން ކަރަންޓް އުފެއްދުމުގަ މިއަހަރު ރާއްޖެއިން ރެކޯޑް ހަދާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ