ރައްޔިތުންގެ މަޖިލީހުގެ ހުސްވެފައިވާ ދިއްގަރު ދާއިރާގެ ގޮނޑިއަށް މެންބަރަކު އިންތިހާބު ކުރުމަށް ބާއްވާ ބައި އިލެކްޝަންގައި އެމްޑީޕީގެ ފަރާތުން ވާދަކުރާނޭ ކެންޑިޑޭޓަކު ހޮވުމަށް ބާއްވާ ޕްރައިމަރީ މާދަމާ ބޭއްވުމަށް އެމްޑީޕީން ނިންމައިފި އެވެ.
އެމްޑީޕީން ބުނީ، ދިއްގަރު ދާއިރާއަށް އެޕާޓީގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓަކު ހޮވުމަށް ޕްރައިމަރީ ބޭއްވުމަށް ހަމަޖެހިފައިވަނީ މާދަމާ މެންދުރު ފަހު 2:00 އިން ފެށިގެން ހަވީރު 5:00 އަށް ކަަމަށެވެ. ދިއްގަރު ދައިރާގެ އެމްޑީޕީ ޕްރައިމަރީގައި ވާދަ ކުރުމަށް ޝަރުތު ފުރިހަމަވި ދެ ބޭފުޅުންނަކީ މ. މަޑުއްވަރި ކާނިގޭ އަހުމަދު ރާޟީ އަދި މ. ތްރީއޭވިލާ އިބްރާހީމް ޖިހާދު ކަަމަށް އެމްޑީޕީން މައުލޫމާތު ދެއެވެ.
ދިއްގަރު ދާއިރާގެ ބައި އިލެކްޝަންގައި ސަރުކާރު ހިންގާ ޕީޕީއެމްގެ ފަރާތުން އިންތިހާބުގައި ވާދަ ކުރެއްވުމަށް ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ދަރިކަލުން ފާރިޝް މައުމޫނަށް ވަނީ ޓިކެޓް ލިބިފައެވެ.
ދިއްގަރު ދާއިރާގެ ބައި އިލެކްޝަން އޮންނާނީ ޖޫންމަހުގެ ހަވަނަ ދުވަހު އެވެ. ބައި އިލެކްޝަންއަށް ކުރިމަތިލާން އެދޭ ފަރާތްތަކަށް އެ ފުރުސަތު ދީފައިވަނީ މިމަހުގެ 28 ވަަނަ ދުވަހުގެ ނިޔަލަށެވެ.
ދިއްގަރު ދާއިރާގެ އެމްޑީޕީ ޕްރައިމަރީ މާދަމާ ބާއްވަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ