ހިތަދޫ މެދުދާއިރާގެ މެމްބަރު މުޙައްމަދު ރަޝީދު ހައްޔަރުކޮށްފި

މިދިއަ ބުދަ ދުވަހާއި އެރޭ އައްޑޫ ސިޓީގެ ބައެއް ތަންތަނަށް ގެއްލުންދިން މައްސަލަތަކާއި ގުޅިގެން ރައްޔިތުންގެ މަޖުލީހުގެ އައްޑޫ ސިޓީގެ ހިތަދޫ މެދު ދާއިރާގެ މެމްބަރ ސ. ހިތަދޫ ވެލްކަމް، މުޙައްމަދު ރަޝީދު ހައްޔަރުކޮށްފި އެވެ.
އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރު ހައްޔަރު ކުރީ ފުލުހުން މިހާރު ކުރިއަށް ގެންދާ ތަހުގީގުތަކާ ގުޅިގެން ކޯޓް އަމުރެއްގެ ދަށުންނެވެ.
ފުލުހުން އޭނާ ހައްޔަރު ކޮށްފައިވަނީ އައްޑޫ ސިޓީގެ ބައެއް ތަންތަނަށް ގެއްލުންދީ އަލިފާން ރޯކޮށް ހަދާފައިވާ މައްސަލައާއި ގުޅިގެން އެ މަންޒަރު ދުށް ބައެއް ފަރާތްތަކުގެ ހެކިބަހާއި، އަދި އެހާދިސާ ހިނގި ވަގުތު ނެގިފައިވާ ބައެއް ފުޓޭޖްތަކުގެ ސަބަބުން މިހާތަނަށް ލިބިފައިވާ ހެއްކާ ޤަރީނާގެ މައްޗަށް ބަލައިގެން ކޯޓުން ނެރެފައިވާ އަމުރެއްގެ ދަށުން ކަމަށް ފުލުހުން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ