މަސްތުވާތަކެތި ބޭނުންކުރި މީހަކު ތިން އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި

މަސްތުވާތަކެތި ބޭނުންކުރި މީހަކު ތިން އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން  އިއްޔެ ހުކުމް ކޮށްފިއެވެ.
ކްރިމިނަލް ކޯޓުން އެ ހުކުމް އިއްވާފައި ވަނީ ހ. ބްލޫޑްރީމް، އިބްރާހީމް ޝަރީފްގެ މައްޗަށެވެ.
އޭނަ މައްްޗަށް އެ ހުކުމް އިއްވާފައި ވަނީ ދައުލަތުން އޭނާގެ މައްޗަށް ކުރި ކެނަބިސް ބޭނުންކުރުމުގެ ދައުވާ ޝަރީއަތަށް ސާބިތުވުމުންނެވެ.
އޭނާއަށް ކުރި އެހުކުމްގައި ވަނީ 2012 ވަނަ އަހަރުގެ އޮގަސްޓު މަހުގެ ދެވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި ފުލުހުން އޭނާ ހައްޔަރުކުރި އިރު ހުރީ ކެނަބިސް ބޭނުންކޮށްގެން ކަމަށް ޝަރީފް ޝަރީއަތުގެ މަޖިލީހުގައި އިއުތިރާފުވެފައިވާ ކަމަށެވެ.
އިތުރަށް އެ ހުކުމްގައި ވަނީ އޭނާގެ ކުޑަކަމުދާތަކެތި ތަހުލީލުކުރި އިރު ކެނަބިސްއަށް ޕޮޒިޓިވްވެފައިވާކަން ތަހުލީލު ރިޕޯޓުން އެނގެން އޮންނަ ކަމަށެވެ.
ޝަރީފްގެ މައްޗަށް އެ ހުކުމް އިއްވާފައި ވަނީ މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ 113 ވަނަ މާއްދާގެ (ހ) އާ ހަވާލާދީ އެމާއްދާގެ (ށ) ގެ ދަށުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ