ސްކޫލް ކުދިންގެ ދެވަނަ ފެތުމުގެ މުބާރާތް މިފަހަރު އައްޑޫ ގައި

ސްވިމިންގް އެސޯސިއޭޝަންގެ ދެވަނަ ސްކޫލް ކުދިންގެ ފެތުމުގެ މުބާރާތް މި މަހުގެ 11 އިން 14 އަށް އައްޑޫ ސިޓީގައި ބާއްވާ ގޮތަށް ހަމަ ޖެހިއްޖެއެވެ.
ސްވިމިން އެސޯސިއޭޝަނުން ބުނީ، އައްޑޫ ސިޓީގެ ހިތަދޫ ސްވިމިންގް ޓްރެކްގައި ބޭއްވުމަށް ހަމަޖެހިފައިވާ މި މުބާރާތަކީ، ރާއްޖޭގެ ހުރިހާ ސްކޫލަކަށް ހުޅުވާލެވިގެން ބާއްވާ މުބާރާތެއް ކަމަށެވެ.
ފަސް އުމުރުފުރާ އަކަށް ބަހާލައިގެން ކުރިއަށް ދާ މި މުބާރާތުގައި 12 އަހަރުން ދަށް، 14 އަހަރުން ދަށް، 16 އަހަރުން ދަށް އަދި 19 އަހަރުން ދަށުގެ އިތުރުން ހާއްސަ އެހީ ބޭނުންވާ ކުދިން  ވެސް ބައިވެރި ވެއެވެ.
މި މުބާރާތާ ގުޅުވާލައިގެން މި މި މަހުގެ 9 ވަނަ ދުވަހާއި 10 ވަނަ ދުވަހު، 10 އަހަރާއި، 8 އަހަރާއި އަދި 6 އަހަރުން ދަށުގެ އުމުރުފުރާތަކުގެ ފެތުންތެރިންނަށް ޙާއްސަކޮށްގެން ބާއްވާ ކިޑްސް ސްވިމިންގ ފެސްޓިވަލް ވެސް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް، ސްވިމިން އެސޯސިއޭޝަނުން ހާމަކުރެއެވެ.
މި މުބާރާތަކީ އަންހެން އަދި ފިރިހެން ދެ ޖިންސަށް ވެސް ހުޅުވާލެވިގެން ކުރިއަށްދާ މުބާރާތެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ