މާލެ އާއި ހުޅުމާލެ ކަރަންޓް ވިއުގަ ޑިޒައިން ތައްޔާރުކުރުމަށް އިނގިރޭސިވިލާތުގެ ކުންފުންޏަކާ ހަވާލުކޮށްފި

މާލެއާއި ހުޅުމާލެ ކަރަންޓްގެ ވިއުގަ ގުޅުވާލުމަށް ހަދަންޖެހޭ ޑިޒައިންތަކާއި ޓެންޑަރ ޑޮކިޔުމެންޓު ތައްޔާރުކުރުމަށް އިނގިރޭސިވިލާތުގެ ކުންފުންޏެއްކަމަށްވާ ސީމަންސް ކުންފުންޏާއި ހަވާލުކޮށްފިއެވެ.
މިއަދު އެންވަޔަރަމެންޓް މިނިސްޓްރީގައި ބޭއްވުނު ރަސްމިއްޔާތެއްގައި މި މަސައްކަތް ހަވާލުކުރޭ އެއްބަސްވުމުގައި ސަރުކާރުގެ ފަރާާތުން ސޮއިކުރެއްވީ އެންވަޔަރޮމެންޓް މިނިސްޓަރ ތާރިގް އިބްރާހިމްއެވެ. އަދި ސީމަންސް ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ފައިނޭންޝަލް ކޮންޓްރޯލަރ މ.ރ.މަރކް ލޫންއެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރ ތޯރިގް ވިދާޅުވީ މާލެއާއި ހުޅުމާލޭގެ ކަރަންޓްވިއުގަ ގުޅާލުމުގެ މަޝަރޫއަކީ ސަރުކާރުގެ ބަޖެޓުން ހަރަފުކޮށްގެން މިނިސްޓްރީ އޮފް އެންވަޔަަރަމެންޓް އެންޑް އެނަރޖީ އިން ހިންގާ މަޝްރޫއެއް ކަމަށާއި މި މަޝްރޫއަށް މިއަހަރަށް ހަރަދުކުރުމަށް ބޭނުންވާ ފައިސާ 2016 ވަނަ އަހަރުގެ ބަޖެޓުގައި ހިމަނާފައިވާކަމަށެވެ.
އެގޮތުން މި މަސައްކަތް ކުރުމަށް ސީމަން ކުންފުންޏާއި ހަވާލުކޮށްފައި ވަނީ ތިންލައްކަ ފަސްދޮޅަސް ނުވަހާސް ފަންސާސް އެއް އުމެރިކާ ޑޮލަރަށްކަމަށް މިނިސްޓަރ ތޯރިގް ވިދާޅުވިއެވެ.
މި އެއްބަސްވުމުގެ ދަށުން މާލެއާއި ހުޅުމާލެގެ ކަރަންޓްވިއުގަ ގުޅުވާލުމުގެ މަސައްކަތަށް ބޭނުންވާ ޑިޒައިންތަކަާއި ޓެންޑަރ ޑޮކިޔުމެންޓު 2016 ވަނައަހަރުގެ އޮކްޓޯބަރއަށް ނިންމަން ޖެހޭނެކަމަށް އެންވަޔަރަމެންޓް މިނިސްޓްރީން ވިދާޅުވިއެވެ. އަދި މި މަސައްކަތް ނިމުމާއި އެކު މާލެއާއި ހުޅުމާލޭގެ ކަރަންޓްވިއުގަ ގުޅުވާލުމުގެ އަމަލީ މަސައްކަތްކުރާނެ ފަރާތެއް ހޯދުމަށް ބިޑަށް ހުޅުވާލެވޭނެކަމަށް ވެސް އެ މިނިސްޓްރީން ވިދާޅުވިއެވެ.
މާލެއާއި ހުޅުމާލޭގެ ކަރަންޓްވިއުގަ ގުޅުވާލުަމަށް ހަމަޖެހިފައިވަނީ މި ދެރަށްގުޅުވައިދޭ ބްރިޖް މަތިން އަޅާ ހައިވޯލްޓޭޖް ކޭބަލް މެދުވެރިކޮށެވެ. މި ކޭބަލާއި އަދި މިއާއި ގުޅިގެން ބަހެއްޓޭ ސަބްސްޓޭޝަންތަކުގެ ސަބަބުން މާލެއާއި ހުޅުމާލެއަށް ކަރަންޓްދިނުމަށް ގާއިމްކުރެވިފައިވާ ވަސީލަތްތަކަށްވެސް ބޮޑު ކުރިއެރުމެއް ލިބިގެންދާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ