ޕިކްފައިން ޕެކެޓަކުން މަސްތުވާތަކެތި ހޯދާ، މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތި އަޅާފައި ހުރި ޖޫސްޕެޓީ ކޮތަޅަކާއިއެކު ނައިފަރުން 25 އަހަރުގެ ދިވެހި ފިރިހެނަކު ފުލުުހުން ހައްޔަރުކޮށްފިއެވެ.
މިމީހާ ފުލުހުން ހައްޔަރުކޮށްފައި ވަަނީ ޅ. ހިންނަަވަރުން ފުރައިގެން ޅ. ނައިފަރަށް އަންނަ ލޯންޗަކުން ނައިފަރަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭ ކަމަށް ފުލުހުންގެ އިންޓެލިޖަންސްއަށް ލިބުނު މައުލޫމާތަކާ ގުޅިގެން ޅ.ނައިފަރު ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ ފުލުހުން ހިންގި އޮޕަރޭޝަނެއްގައި 2016 ފެބްރުއަރީ 10 ވަނަ ދުވަހުގެ 06:40 ހާއިރުގައެވެ.
އަދި މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ޖޫސްޕެޓީ ކޮތަޅު ފެނިފައިވަނީ މިމީހާ ފުލުހުން ފެނުމާއެކު ލޯންޗު ތެރެއަށް އެއްލާލި ޕިކްފައިން ޕެކެޓެއްގެ ތެރެއިންކަމަށް ޕޮލިސް ވެބްސައިޓުގައިވެއެވެ.
ފުލުހުން ހައްޔަރުކުރި މި މީހާއަކީ މަސްތުވާތަކެތީގެ މައްސަލަތަކުގެ ރެކޯރޑްސް އޮންނަ މީހެކެވެ.
އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ޅ. ހިންނަވަރު މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ވަނީ މިނިސްޓްރީ އޮފް ހޯމް އެފެއަރޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބަހައްޓައިގެން ތަހުޤީޤު ކުރިއަށް ގެންދިޔުމަށް 7 ދުވަހުގެ މުއްދަތެއް ދީފައެވެ.
މިމައްސަލަ ނައިފަރު ޕޮލިސް ސްޓޭޝަނުން ދަނީ ތަހުޤީޤު ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ