ގާޒީ ބާރީގެ ފޮޓޯއެއް ނެގި މީހެއްގެ މައްސަލަ ފުލުހުންނަށް ހުށަހަޅައިފި

ކްރިމިނަލް ކޯޓު ހިންގާ ގާޒީ އަބްދުލްބާރީ ޔޫސުފްގެ ފޮޓޯއެއް މީހަކު ނެގި ކަމަށް ބުނެ އެމީހާގެ މައްސަލަ ފުލުސް އޮފީހަށް ހުށަހަޅުއްވައިފި އެވެ.
އެ މައްސަލަ ބަލަމުން އަންނަ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ބާރީ ފޮނުއްވި ސިޓީގައި ވިދާޅުވި ގޮތުގައި އެ މީހާ ފޮޓޯ ނަގާފައި ވަނީ"ކަލޭގެ ފޮޓޯ ނަގަން އެބަ ޖެހެއޭ، ކަލޭމެން ގާޒީން ކަންތައް ކުރާގޮތް އަހަރުމެންނަށް އެނގެއޭ، ކަލޭމެން ހަދާ އެއްޗެއް ހަދާށޭ، ތިމަންނަ ކަލޭގެ ފޮޓޯ ނަގާނަމޭ" ބުނެ އެވެ.
ބާރީ ފުލުހުންނަށް މައްސަލަ ހުށަހަޅުއްވާފައި ވަނީ ނުރުހުމުގައި ބާރީގެ ފޮޓޯ ނަގައި އިންޒާރުދިން ކަމަށް ވިދާޅުވެ އެވެ.  އެމީހާއާ މެދު ފިޔަވަޅު އެޅުއްވުމަށް ބާރީ ވަނީ އެދިވަޑައިގެންފައެވެ.
އެ ފޮޓޯ ނަގާފައިވަނީ ޖަސްޓިސް ބިލްޑިން ކައިރީ އޮންނަ ގޯޅިގަނޑެއްގައި ހުއްޓާ މިދިޔަ ބުރާސްފަތި ދުވަހު ކަމަށް ބާރީ ފޮނުއްވި ސިޓީގައެވެ އެވެ. އެ ހާދިސާ ހިނގާފައިވަނީ ހަވީރުގެ ވަގުތެއްގައި ކަމަށް އޭނާ ވަނީ ސިޓީގައި ވިދާޅުވެފައެވެ. ސިޓީގައި ވިދާޅުވީ އެ ފޮޓޯ ނަގާފައިވަނީ ސައިކަލެއްގައި ދިޔަ މީހެއް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ