މުސްތަފާ ކޮށްފައިވާ ޓްވީޓްގައިވަނީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް: ގާސިމް އިބްރާހިމް

ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް އާއި ބެހޭގޮތުން ތިމަރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހަންމަދު މުސްތަފާ ކޮށްފައިވާ ޓްވީޓްގައިވަނީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަމަށް ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ގާސިމް އިބްރާހިމް މިހެން ވިދާޅުވީ  މުސްތަފާ އިއްޔެ ކުރެއްވި ޓްވީޓްގައި ގާސިމް އިބްރާހިމް ޖަޕާނު މީހެއްގެ އަތުން 15 މިލިއަން ޑޮލަރު "ކައްވާލައިފި" ކަމަށާއި، ޖަޕާނު މީހަކު އިނދަޖައްސާލައިފި ކަމަށާއި އަދި ކޯލިޝަނޭ ކިޔައިގެން އުޅެނީ ވައްކަން ކުރަންވެގެން ކަމަށްވެސް ބުނެފައިވާތީއެވެ.
ގާސިމް އިބްރާހިމް ވިދާޅުވީ މުސްތަފާގެ ޓްވީޓްގައި ދައްކާފައިވާ ވާހަކަތަކަކީ އެއްވެސް މިންވަރެއްގެ ހަގީގަތެއްނެތް ބުހުތާނު ދޮގު ވާހަކަތަކެއް ކަމަށެވެ އަދި މީގެ އިތުރުން ގާސިމް އިބްރާހިމް ވިޑާޅުވީ "މިފަދަ ނުބައި މީހުންގެ ދޮގު ވާހަކަތަކުން މުޅި އިންސާނިއްޔަތު ސަލާމަތް ކުރައްވާށި އާމީން" ކަމަށެވެ.
މުސްތަފާ އަކީ މިޒާތުގެ ސާބިތު ނުހިފޭ އެކިއެކި ތުހުމަތުތައް މީގެ ކުރިން ވެސް ކުރައްވާފައިވާ މީހެއްކަން ގިނަބަޔަކު ފާހަގަކުރެއެވެ.
 
 
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ