މެމްބަރު ސައުދު ދެއްވަދޫއަށް ފެނާއި ސެނެޓައިޒާ ހަދިޔާކޮށްފި

ގއ. ދެއްވަދޫ ގައި ކޮވިޑް-19 ފެތުރުމާއި ގުޅިގެން އެރަށުގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށް ދިނުމަށް ގއ. ވިލިނގިލީގައި މިއަދު ކުރިއަށް ގެންދިޔަ ހަރަކާތުގައި ބައިވެރިވެ ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސެއިން ފެނާއި ސެނެޓައިޒާ ދެއްވަދޫއަށް ހަދިޔާކޮށްފިއެވެ.
ގއ. ވިލިނގިލީ ކައުންސިލުން ބުނީ ދެއްވަދޫ ރައްޔިތުންނަށް އެހީތެރިވުމަށް މިއަދު ކުރިއަށް ގެންދިޔަ ހަރަކާތުގައި މެމްބަރު ސައުދު ބައިވެރިވެ 200 ކޭސް ފެނާއި، 200 ފުޅި ސެނެޓައިޒާ ދެއްވަދޫ ރައްޔިތުންނަށް ހަދިޔާ ކުރައްވާފައިވާ ކަމަށެވެ.
ދެއްވަދޫއަށް އެހީތެރިވުމުގެ ގޮތުން ހުވަދޫ އެކި ރަށްތަކުގައި ތަފާތު ހަރަކާތްތައް ދަނީ ހިންގަމުންނެވެ. އެގޮތުން ރަށުގެ ރައްޔިތުންނަށް މަސް ބޭނުން ވެފައިވަނިކޮށް ގއ. ގެމަނަފުށީ "އުފާ" ދޯނިން ވަނީ ރަށުގެ ހުރިހާ ގެތަކަށް މަސް ހަދިޔާކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ