އަހުމަދު ނަޖީބުގެ މަރުގެ މައްސަލައިގައި ދަޢުވާ އުފުލުމަށް ދައުލަތުގެ ފަރާތުން މައްސަލަ ހުށައަޅައިފި
މަރާލައިފައި އޮއްވާ ފެނުނު ނަޖީބުގެ މަރާގުޅޭގޮތުން ފުލުހުން މީޑިޔާއަށް މަޢުލޫމާތު ދެއްވަނީ، ފޮޓޯ: ޕޮލިސްގަސްތުގައި މީހަކު މަރާލުމުގެ ކުށުގެ ދަޢުވާ އުފުލުމަށްޓަކާ މ. މަސްރޫރާ، އަހުމަދު މުއްރަތާއި، ށ ގޮއިދޫ، ރިހާބު ފާތިމަތު ހަނާގެ މައްޗަށް ދަޢުވާ ކޮށްދިނުމަށް އެދި މައްސަލައިގެ ލިޔުންތަކާއިއެކު ކްރިމިނަލް ކޯޓަށް ދައުލަތުގެ ފަރާތުން މައްސަލަ ހުށައަޅައިފި އެވެ.ޕްރޮސެކިޔުޓަރ ޖެނެރަލްގެ އޮފީހުން މިއަދު ނެރުނު ނޫސް ބަޔާނުގައި ބުނެފައި ވަނީ އަޙުމަތު މުއްރަތާއި، ފާތިމަތު ހަނާގެ މައްޗަށް ދަޢުލަތުން ކުރާ ދައުވާ އަކީ 30 ޖޫން 2012 ވަނަ ދުވަހުގެ 20:30 އެހައިކަންހާ އިރު މިދެމީހުންގެ ދައުވަތަކަށް ދަފްތަރު ނަންބަރު 4666/ކ.މާލެ އަޙުމަދު ނަޖީބު މި ދެމީހުން ދިރިއުޅޭ ގެއަށް ގެންގޮސް، އޭނާ މަރާލައިފައިވާތީ ގަސްތުގައި މީހަކު މަރާލުމުގެ ކުށުގެ ދަޢުވާ ކަމަށެވެ.އަހުމަދު ނަޖީބު (ކެރެޓް ނަޖީބު) މ. މަސްރޫރާ ގެއަށް ވަޑައިގަތީ ހޮނިހިރު ދުވަހުގެ ރޭ ކަމަށާއި މުޅި ރޭ ޓޭޕުން ބަދެފައި ބޭންދުމަށް ފަހު އަވަހާރަކޮށްލީ އާދީއްތަ ދުވަހު ކަމަށްވެސް ޕީޖީން މިއަދު ނެރެފައިވާ ބަޔާނުގައި ވަނީ ހާމަކޮށްފަ އެވެ.ޕީޖީން ނެރުނު ނޫސް ބަޔާނުގައި ބުނެފައި ވަނީ ހޮނިހިރު ދުވަހުގެ ރޭ 30: 8 ހާއިރު މ.މަސްރޫރާ ގެއަށް ނަޖީބު ވަޑައިގެންފައިވަނީ އަހުމަދު މުއްރަތާއި ފާތުމަތު ހަނާގެ ދައުވަތަކަށް ކަމަށެވެ. އަދި ނަޖީބު އެގެއަށް ވަޑައިގަތުމުން އެ މީހުން ދިރިއުޅޭ ބަޔަށް ގެންގޮސް އޭނާގެ އަތާއި ދެ ފައި ގޮނޑިއަކާ އެކު ޓޭޕުން ބަނދެ، މޫނާއި އަނގަމަތީގައި ވެސް ވަށައި ޖެހޭ ގޮތަށް ޓޭޕް އެޅުމަށް ފަހު ޖެހިގެން އައި ދުވަހު ނަޖީބު އަޑުގަދަކުރައްވަން ފެއްޓެވުމުން މުއްރަތު އެކަމާ ހިތްހަމަނުޖެހިގެން ހަތަރު އިންޗީގެ ވަޅިއެއް ނަޖީބުގެ ކަރަށް ހަރައި ޓީޝާޓާއި އިސްޓާކީނެއް ކަރުގައި އޮޅައި މަރާލީ ކަމަށެވެޖިނާއީ މައްސަލަތަކުގައި ދައުވާކުރުން އަވަސްކުރުމަށްޓަކައި ޖިނާއީ އަދުލުގެ ނިޒާމުގެ އެހެން މުއައްސަސާތަކާ ގުޅިގެން ޕީޖީން އަބަދުވެސް މަސައްކަތް ކުރަމުން ގެންދާނެ ކަމަށް އެ އޮފީހުން މިއަދު ނެރެފައިވާ ބަޔާނުގައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ